އަހުމަދު މަސްނޫމް   3 އޭޕްރީލު 2022 - 18:28
މާފަންނުގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރި "މާފަންނު އައު މިސްކިތް" ހުޅުވައިފިއެވެ.

އިއްޔެ ހުޅުވި މި މިސްކިތުގައި ފުރަތަމަ އިމާމްވެ ނަމާދު ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުހައްމަދު އަނީލްއެވެ.



1000 މީހުންގެ ޖާގައިގެ މި މިސްކިތަކީ 27 އޮގަސްޓު 2019ގައި ބިނާކުރަން ފެށުނު މިސްކިތެކެވެ. 2 ބުރިއަށް ހަދާފައިވާ މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 6000 އަކަ ފޫޓް ހުންނައިރު، ހަރިންމަގެ ބޮޑު މިނަކީ 5687 އަކަ ފޫޓެވެ.

މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު