މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ހިލްމީ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ހިލްމީގެ އިތުރުން، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިސް ދެ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއާއެކު ދެ މުވައްޒަފަކު ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސިވިލް ސަރވިސް ކޮމިޝަނުން މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ވާހަކަދައްކާފައެއް.ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާމަނަންޓް ސެކްރެޓަރީއާ ގުޅޭގޮތުން ބަލަމުން އަންނަނީ ގަވާއިދާ ހިލާފަށް އެ މިނިސްޓްރީގައި ވަޒީފާ ދޭ މައްސަލައެކެވެ.

ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ގުޅޭގޮތުން ތަފާތު މައްސަލަތައް މީގެކުރިންވެސް ހުށަހެޅި، ބައެއް ބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވެސް އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު