ހިޔާ ފްލެޓް ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ނުދިނުމަށް އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ ހިޔާ ފުލެޓު ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެފައި، މިފަދަ ތަންތަނުން ދޭ ހިދުމަތްތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށެވެ.
އެޗްޑީސީން ބުނީ އެތަންތަނުގައި ޚިދުމަތް ދެމުންގެންދަނީ ކަމާއިބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގާ ކަނޑައަޅާފައިވާ ޤަވައިދުތަކާއި އުސޫލުތަކާއި ހިލާފަށްކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން، މާދަމާއިން ފެށިގެން 10 އެޕްރީލް 2022 ގެ ނިޔަލަށް އެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގައި ސާފުކޮށް އަދި މި ފަދަ ޙިދުމަތްތައް ދިނުން ހުއްޓާލުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
އެޗްޑީސީން ބުނީ އެ ތާރީޚްގެ ފަހުން މިފަދަ ޚިދުމަތްތައް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅާ، ނުނަގައި ހުރި ތަކެތި ނަގައި ސާފުކުރެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު