ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުން ބާރަށް ކުރިއަށްދާކަމަށް އެމްޓިސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. އަދި ބިން ހިއްކުމާއި، ބަނދަރު ފުންކުރުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައިކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
މި މަޝްރޫޢަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ.

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ. ބިންހިއްކުމާއި، ބަނދަރު ފުންކުރުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފަ. #MTCCProjects #RayyithungeKunfuni pic.twitter.com/QcAXg06nDO
— MTCC Plc (@MTCCPlc) April 3, 2022
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
މި މަޝްރޫޢަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު