ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގައެވެ.

މިދިޔަމަހުގެ ފަހުކޮޅު ޕީޕީއެމާއި، ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކުރުމަށް ފޮނުވާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އަދާލަތު ޕާޓީއަށް ފައިސާ ދޫކުރުމަށް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ޕާޓީތަކަށް ފައިސާ ދޫކުރުމަށްޓަކައި މިދިޔަ ހަފްތާގެ ނިޔަލަށް ޝަރުތުު ހަމަވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވާފައިވާކަމަށެވެ. ނަމަވެސް އަދި ފިނޭންސުން ޕާޓީތަކަށް ފައިސާ ދޫކުރިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށާ އިލެކްޝަންސްއިން ބުނެއެވެ.

މިފަހަރު ޕާޓީތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު އެމްޑީޕީ 15،024،009.96 ރުފިޔާ، ޕީޕީއެމް 9،410،483.51 ރުފިޔާ، ޖޭޕީ 5،526،669.74 ރުފިޔާ، އަދާލަތު ޕާޓީ، އަށް ދޫކުރާނީ 2،900،903.79 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު