އައްޑޫ ފޭދޫގައި 75 ހައުސިން ޔުނިޓް އަޅަން ނިންމައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީގެ ދަށުން ފޭދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 75 ހައުސިން ޔުނިޓް އަޅައި ދިނުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފީ ބަލައިގަތުން ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 އާ ހަމައަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ފޭދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 381،000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.

ފޭދޫހައި ހައުސިން ޔުނިޓްތަކެއް އަޅާނެ ބަޔަކު ހޯދަން ބީލަމަށް ލާފައިވާއިރު މިދިޔަ މަހުވެސް އައްޑޫގައި 200 ފްލެޓް އަޅަން ނިންމައި، އެ މަސައްކަތް ވެސް މިދިޔަ މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު