ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި އެންމެން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއިއެކު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ޓެރަރިޒަމްގެ ތުހުމަތު ކޮށް ނުވަ މީހަކު ފުލުހުން ހައްޔަރުކުރީ މިމަހުގެ 27ވަނަ ދުވަހު އެވެ. އެމީހުން ހައްޔަރުކުރިއިރު ރަސްމީ ދަތުރުފުޅެއްގައި ރައީސް ސާލިޙު ހުންނެވީ އައްޑޫގައެވެ.
އައްޑޫއިން ހައްޔަރުކުރި އެ ނުވަ މީހުންގެތެރެއިން ހަ މީހެއްގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މީގެކުރިން ހަތް ދުވަސް އިތުރު ކޮށްފައެވެ. އެ މުއްދަތު މިއަދަށް ހަމަވި އިރު، ފުލުހުންގެ އިދާރާއިން ބުނީ އެމީހުން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ މިހާރު އެ ހަ މީހުންވެސް ދޫކޮށްލާފައި ވާކަމަށެވެ.
އެމައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުނުކޮށް މީގެ ކުރިން ވަނީ ދޫކޮށްލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު