‏ރިސޯޓްތަކުން ދިވެހި ފައިސާ ބަލައިނުގަތުމަކީ ދައުލަތް ލަދުގަންނަން ޖެހޭވަރުގެ ކަމެއްކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއްކަމަށްވާ ރިސޯޓް ލައިފްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒާ ވަލީދު ވިދާޅުވެއްޖެއެވެ.

ރިސޯޓް ލައިފް ކުންފުންޏަކީ ރާއްޖެއަށް އެންމެ ގިނައިން ރަޝިއާ ޓޫރިސްޓުން ގެންނަ ކުންފުންޏެވެ. އަދި ރިސޯޓް ލައިފް ކުންފުނިން ވަނީ ރަޝިއާގައި ވިޔަފާރި ފަށައި "ރިސޯޓް ހޮލިޑޭ" ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހިދުމަތް ކޮށްދެއްވަމުންދާ އަދި ރިސޯޓް ލައިފްގެ މެނޭޖިންގ ޑިރެކްޓަރ ޝާޒު ވަލީދު މިއަދު ވަނީ ރާއްޖޭގެ ރިސޯޓްތަކުން ދިވެހި ރުފިޔާ ބަލައިނުގަންނަ މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަދައްކަވާފައެވެ.



ޝާޒު ވިދާޅުވީ ‏ރިސޯޓްތަކުން ދިވެހި ފައިސާ ބަލައިނުގަތުމަކީ ދައުލަތް ލަދުގަންނަން ޖެހޭ ވަރުގެ ކަމެއްކަމަށެވެ. އަދި ދިވެހި ފައިސާގެ އަގުވެއްޓިިި ދަރަނި އިންތިހާއައް ބޮޑުވަމުން ދާއިރުވެސް ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް ނުކުޅެވިދިފައިވަނީ އަމިއްލަ މަސްލަހަތަށްޓަކައިތޯވެސް ޝާޒު ސުވާލު އުފައްދަވާފައި ވެއެވެ.

ރިސޯޓްތަކުން ދިވެހި ފައިސާ ބަލައިނުގަންނަ މައްސަލައިގައި ޝާޒު ފާޑު ވިދާޅުވެފައިވާއިރު، ރިސޯޓްތަކަށް ލިބޭ ޑޮލަރު ރާއްޖޭގައި ނުބަހައްޓާ ބޭރު ގައުމުތަކަށް ފޮނުވާލާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި މީގެ އިތުރުން ރާއްޖެއަށް ވަންނަ ޑޮލަރު ވަކި ބަޔަކު ކޮންޓްރޯލް ކުރުމަކީ ވެސް ރާއްޖޭގައި ޑޮލަރުގެ އަގު އުފުލޭ ސަބަބެއްކަމަށް މާހިރުން ބުނެއެވެ. އެހެންކަމުން ރާއްޖޭގައި ހިންގާ އެކިއެކި ވިޔަފާރީގެ މުއާމަލާތްތަކުގައި ދިވެހި ފައިސާ ބޭނުންކުރުން އިިތުރުކުރުމަކީ މިމައްސަލަތަކަށް އޮތް ހައްލުކަމަށް ކަމާއި ގުޅޭ ތަޖުރިބާކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


1

ސާންތަ

06-Apr-2022

ނޫނޭ ތީ މޮޔަަ ހިޔާލެއް, މުޅިންހެން ބަދަލުކުރަންވީ ޑޮލަރަށް, އެހެންނޫނީ ނިކަމެތިމީހާ ޖެހޭނީ ސަލާން ޖަހަން. ނޫނީ ވާނީ ދެވަނަ ލަންކާއަށް.. ރައްޔިތުން ވިސްނާ....