ރަޝިޔާއާއި ޔޫކްރެއިނާ މެދުގައި ހިނގާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ރަޝިޔާ މާކެޓްގެ 70 އިންސައްތަ ގެއްލުންވެފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ކުރިއަށްނުދާތީ ޓުއަރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. ވަޒީރާއި ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. މައުސޫމް ރާއްޖޭގެ ޓުއަރިޒަމުގެ 20 ޕަސެންޓް މީހުންނަކީ ރަޝިޔާއާއި ޔޫކްރެއިން މީހުންކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ފަތުރުވެރިން މާކެޓް އެއްކޮށް ގެއްލިފައިވާ ކަމަށާއި ރަޝިޔާގެ މާރކެޓުން 70 ޕަސެންޓް ގެއްލުންވެފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ މާކެޓްތައް އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއާއި އެންމެ ކައިރި މާކެޓް ތަކަށް އިސްކަންދޭންޖެހޭ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެއަށް ހުޅުވާލައި އެންމެ ކަމުދާ ގޮތަށް ރާވާ ލެވިފައިވާ މާކެޓެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.
"އިންޑިޔާ އަކީ މިދިޔަ އަހަރު އެއްވަނައިގައި އޮތް މާކެޓެއް، މިއަދު 10.9 ޕަސެންޓްގައި އިންޑިޔާ މާކެޓް އޮތީ، މިހާރު ޔޫކޭ މާކެޓް އެއްވަނައަށް އަރައިފި 12 ޕަސެންޓާއެކު، އެހާ ދަށް، ރަޝިޔާ މާކެޓް މިއުޅެނީ 11.9 ޕަސެންޓްގައި، ގަދަ ދިހައަކުން ނެއްޓި ޔޫކްރެެއިން އޮތީ 1.9 ޕަސެންޓްގައި." ފަތުރުވެރިން އަންނަ ގައުމު ތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކުރައްވަމުން މައުސޫމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ދުނިޔެއަށް އަންނަ ލޮޅުމެއްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ޅޮޅުމެއް ނާންނަގޮތަކަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އުއްމީދަކީ ކުރިން އެއްވަނައިގައި އޮތް ޗައިނާ މާކެޓް ވެސް މިއަހަރު ފަތުރުވެރިން އަންނަން ފެށުން ކަމަށް މައުސޫމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުއްމީދަކީ މަޖިލީހުން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރި ތިން ސިނާރިއޯ 1.6 1.7 1.8 މިލިއަން އެ ޖަހާފައިވާ ގޮތަށް ފަތުރުވެރިިން އަންނާނެ ކަމަށް، އުއްމީދުކުރަނީ މިއަހަރު ޗައިނާ ފަތުރުވެރިން ވެސް ކޮންމެވެސް ވަރަކަށް އަންނާނެ ކަމަށް. ދެން އިތުރު މާކެޓްތަކަށް ވެސް ހުރިހާ ދިމާލަކަށް ވެސް މަސައްކަތް ކުރަމުން މި ގެންދަނީ." މައުސޫމް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު