މިދިޔަ ދެހަފްތާގެ ތެރޭގައި އިންޑިއާގައި 12 ފަހަރަށް ތެލުގެ އަގުމައްޗަށް ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ތެލުގެ އަގުތައް ދައްކާގޮތުން، އިންޑިއާގެ ވެރިރަށް ދިއްލީގައި ޕެޓްރޯލްގެ އަގު އުޅެނީ ލީޓަރެެއް 103.81 އިންޑިއާ ރުޕީސް އަށެވެ. އަދި ޑީސެލް އުޅެނީ ލީޓަރެއް 94.67 އިންޑިއާ ރުޕީސް އަށެވެ.
މީގެއިތުރުން އިގުތިސާދީ ގޮތުން ބަލާއިރު އެންމެ މައި ހަބް ކަމަަށްވާ މުމްބާއީގައި ޕެޓްރޯލްގެ އަގު އުޅެނީ ލީޓަރެެއް 118.83 އިންޑިއާ ރުޕީސް އަށެވެ. އަދި ޑީސެލް އުޅެނީ ލީޓަރެއް 103.07 އިންޑިއާ ރުޕީސް އަށެވެ.
ދެހަފްތާގެ ތެރޭގައި އިންޑިއާގައި 12 ފަހަރަށް ތެލުގެ އަގުމައްޗަށް ގޮސްފައިވާއިރު، އެކި ސްޓޭޓްތަކުގައި އަގުތައް އުޅެނީ އެކި އަކުގައެވެ. އަދި ދުނިޔޭގައި ތެޔޮ އެކްސްޕޯޓުކުރާ ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު ރަޝިޔާއިން ކުރަމުންދިޔަ ބައިނަލްއަގުވާމީ ވިޔަފާރި ތަކަށް ހުޅަނގުގެ ގައުމުތަކުން ހުރަސްއަޅަމުންދިއުމުން އިންޑިއާގައި ތެޔޮ ވިއްކާ އަގުތައް އިތުރަށް މައްޗަށް ދިއުން އެކަށީގެންވާކަމަށްވެސް ކަމާބެހޭ މާހިރުން ބުނެއެވެ.
މީގެއިތުރުން، މިފަހަކުން އިންޑިއާގައި ކުރިއަށްދިޔަ އިލެކްޝަންގެ މެދުތެރެއިން ތެލުގެ އަގު ބޮޑު ނުކޮށް ހިފެހެއްޓުމާއިއެކު ތެލުގެ ވިޔަފާރިވެރިންނަށް ބިލިއަނުން ގެއްލުންވެފައިވާކަމަށްވެސް އިންޑިއާގެ ކަމާބެހޭ މާހިރުން ބުނެއެވެ. އެގޮތުން ތެޔޮ ވިއްކާ އަގުތައް އިތުރަށް މަތިވުން އެކަށީގެންވާކަމަަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު