ރޯދަ މަހު މާލޭގައި ވިޔަފާރި މުދާ އުފުލަން ވަކި ގަޑިތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރޯދަމަހާއި ޝަައްވާލުމަހުގެ ހަ ރޯދަ ނިމެންދެން، މާލޭގައި ވިޔަފާރި މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.
ހަވީރު 4:30 އާއި ރޭގަނޑު 8:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް، ވިޔަފާރި އުސޫލުން، ގަނޑުކޮށް އުފުލުން މަނާވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ސިނަމާލެ ބުރިޖުން، މުދާ އުފުލާ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާވާނެ ކަމަށް އިއުލާނުގައިވެއެވެ. އަދި އެ ވަގުތުތަކުގައި އުޅަނދުތައް ބްރިޖަށް އަރަން ޖެހޭނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.
އެހެންނަމަވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ސިނަމާލެ ބްރިޖު ހުރަސްކޮށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެެ.
އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ވަނީ ދީފައެވެ.
އާންމުކޮށް ކޮންމެ ރޯދަ މަހަކު ވެސް މާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ތޮއްޖެހުމަކީ އާންމުކަމެކެެވެ. އެހެންވެ، މަގުތަކަށް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ވިޔަފާރި މުދާ އުފުލަން ވަކި ގަޑިތަކެއް ހަމަޖައްސައެވެ.
ރޯދަ މަހު އެންމެ ބާރުބޮޑުވާ މާލޭގެ މާރުކޭޓް ސަރަހައްދުގެ ޓްރެފިކް މެނޭޖްކުރުމުގެ ގޮތުން، ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން އިރުއޮއްސި 6:00 އަށް، އެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ފުލުހުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު