ކ. ކާށިދޫ އާއި ކ. ގާފަރާ ދެމެދު ރިސޯޓް ހަދަން ސަރަހައްދެއް ކަނޑައަޅައި މިހާރު ޝޯޓް ލިސްޓް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ކާށިދޫ ފަޅުގައި ކޮންމެހެން ވެސް މިހާރު ރިސޯޓެއް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ކާށިދޫ ކައުންސިލާއި ވާހަކަ ދައްކައި ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭއާ ވެސް މަޝްވަރާކޮށް ފަޅުގައި ރިސޯޓް ހަދަން ބިން ނަގާނެ ތިން ތަނެއް ފާހަގަކޮށް އެެއް ތަނެއް ޝޯޓް ލިސްޓްކޮށްފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

"މިވަގަތު އެބައޮތް ކާށިދޫގެ ރައްޔިތުންނަށް އެ ފުރުސަތު ހަމަ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގެ ގޮތުގައި އެރަށް ދޫކޮށްލުން އެހެން ނޫނީ އިންޓަގްރޭޓެޑް މޮޑެލްއަށް ދިއުން." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ އިންޓަގްރޭޓެޑް މޮޑެލްއަށް ދާނަމަ ރިސޯޓް އޮންނާނީ ކާށިދޫގެ އިހުތިސާސްގެ ތެރޭގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު