ރިޒޯޓު ތަރައްގީ ކުރަން ބޭނުންވާ ރާއްޖޭގެ ދިވެހި އިންވެސްޓަރުންނަށް ފަންޑު ލިބޭނެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިއަދު ވިދާޅުވެއްޖެއެވެެ.
ޑރ. މައުސޫމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ ރިސޯޓް ހަދަން ގިނަ ރަށްތަކެއް ދޫކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް ރަށްތައް ނުހެދި ލަސްވަނީ އިންވެސްޓަރުންގެ އަތުގައި ރިސޯޓް ހަދާނެ ފައިސާ ނެތިގެން ކަމަށެެވެ. ދިވެހިންގެ އަތުގައި ރިސޯޓް އޯނަރޝިޕް މަދުވެގެން އުޅެނީ ރާއްޖެއިން ފަންޑު ލިބޭނެ ގޮތެއް ނެތިގެން ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ކުޅަދާނަ އިންވެސްޓަރުންނަށް ފަންޑު ލިބޭނެ ގޮތެއް ހޯދިއްޖެނަމަ އެކަން ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.
"ބޭރުން އަންނަ މީހުން (އިންވެސްޓަރުން) ވެސް އެ އަންނަނީ އެމީހުންގެ އަމިއްލަ ފައިސާ ހިފައިގެން ބޭރުގެ ކޮންމެވެސް ބޭންކަކުން ފަންޑެއް ހިފައިގެން ރަނގަޅު ރޭޓެއްގައި، އެހެންވީމާ ދިވެހިންގެ އަތަށް ޓޫރިޒަމް އިންޑަސްޓްރީގެ ސަޕްލައި އޯނަރޝިޕް ފޮރުޅާލަން ބޭނުމިއްޔާ އަޅުގަނޑުމެން އެބަޖެހޭ އިންޓާނަލް ފަންޑިން މެކޭނިޒަމެއް ހޯދަން ފަންޑިން ލިބޭނެ." މިނިސްޓަރު މައުސޫމް ވިދާޅުވިއެެވެ.
އިތުރަށް ވާހަަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، ރިސޯޓް ހަދަން ދޫކުރި 83 ރަށެއް ނުހެދި އެބައޮތް ކަމަށެވެ. އެެ ރަށްތައް ހެދުމަށް ތިން އަހަރުގެ މުހުލަތެއް ދީފައިވާއިރު އެ މުއްދަތުގެ ތެރޭގައި ރިސޯޓް ނުހުޅުވޭނެނަމަ ކުރިން އޮތް ގޮތަށް އެރަށެއް އަތުލާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެެވެެ.
އެއްވެސް ބަޔަކު އަތުން ރިސޯޓް އަތުލުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި، ބޭނުމަކީ އެރަށް ނުހެދި ދިގުލައިގެން ދާތީ އެކަމަށް ހައްލެއް ހޯދުން ކަމަށް މައުސޫމް ވިދާޅުވިއެވެ.
"އިންވެސްޓަރުން ވެސް ވިސްނާލަން އެބަޖެހޭ ރަށެއް އަތުގައި ބާއްވައިގެން މިއަދަށްވުރެ މާދަމާ އެރަށުގެ އަގަށްވާނީ ކިހިނެއްތޯ ބާއްވާފައި މިއަދު ގޮތެއް ނިއްމަންވީ، ކުރިން ލިބުނު ގޮތަށް ރަށެއް ވިއްކާލައިގެން ރޭވެފައި އަލިވިލެން ވާއިރަށް ތިން ހަތަރު ފަސް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ގަބޫލުކުރުން އެއީ ރަނގަޅު ވިސްނުމެއް ނޫން. އެހެންވީމަ މިހާރު އަޅުގަނޑުމެން މިދިން ލުއިތަކުން ކޮންމެވެސް ބަޔަކާއި ރިސޯޓް ހަދަން ހަވާލުކުރުން އެއީ އެންމެ ބުއްދިވެރިގޮތް." މައުސޫމް ވިދާޅުވިއެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމްއާ ސުވާލުކުރެއްވުން pic.twitter.com/HJauMbqYJz
— People's Majlis (@mvpeoplesmajlis) April 4, 2022
"ބޭރުން އަންނަ މީހުން (އިންވެސްޓަރުން) ވެސް އެ އަންނަނީ އެމީހުންގެ އަމިއްލަ ފައިސާ ހިފައިގެން ބޭރުގެ ކޮންމެވެސް ބޭންކަކުން ފަންޑެއް ހިފައިގެން ރަނގަޅު ރޭޓެއްގައި، އެހެންވީމާ ދިވެހިންގެ އަތަށް ޓޫރިޒަމް އިންޑަސްޓްރީގެ ސަޕްލައި އޯނަރޝިޕް ފޮރުޅާލަން ބޭނުމިއްޔާ އަޅުގަނޑުމެން އެބަޖެހޭ އިންޓާނަލް ފަންޑިން މެކޭނިޒަމެއް ހޯދަން ފަންޑިން ލިބޭނެ." މިނިސްޓަރު މައުސޫމް ވިދާޅުވިއެެވެ.
އިތުރަށް ވާހަަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، ރިސޯޓް ހަދަން ދޫކުރި 83 ރަށެއް ނުހެދި އެބައޮތް ކަމަށެވެ. އެެ ރަށްތައް ހެދުމަށް ތިން އަހަރުގެ މުހުލަތެއް ދީފައިވާއިރު އެ މުއްދަތުގެ ތެރޭގައި ރިސޯޓް ނުހުޅުވޭނެނަމަ ކުރިން އޮތް ގޮތަށް އެރަށެއް އަތުލާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެެވެެ.
އެއްވެސް ބަޔަކު އަތުން ރިސޯޓް އަތުލުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި، ބޭނުމަކީ އެރަށް ނުހެދި ދިގުލައިގެން ދާތީ އެކަމަށް ހައްލެއް ހޯދުން ކަމަށް މައުސޫމް ވިދާޅުވިއެވެ.
"އިންވެސްޓަރުން ވެސް ވިސްނާލަން އެބަޖެހޭ ރަށެއް އަތުގައި ބާއްވައިގެން މިއަދަށްވުރެ މާދަމާ އެރަށުގެ އަގަށްވާނީ ކިހިނެއްތޯ ބާއްވާފައި މިއަދު ގޮތެއް ނިއްމަންވީ، ކުރިން ލިބުނު ގޮތަށް ރަށެއް ވިއްކާލައިގެން ރޭވެފައި އަލިވިލެން ވާއިރަށް ތިން ހަތަރު ފަސް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ގަބޫލުކުރުން އެއީ ރަނގަޅު ވިސްނުމެއް ނޫން. އެހެންވީމަ މިހާރު އަޅުގަނޑުމެން މިދިން ލުއިތަކުން ކޮންމެވެސް ބަޔަކާއި ރިސޯޓް ހަދަން ހަވާލުކުރުން އެއީ އެންމެ ބުއްދިވެރިގޮތް." މައުސޫމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު