ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދަމުންގެންދާތީ އެކަން ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން އިލެކްޝަންސް ކޮމިޝަން، އީސީން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ‏ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްޙަކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި، މިމަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މަޢުލޫމާތު އެކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރަން ނިއްމާފައިވާ ކަމަށެވެ. މީގެއިތުރުން ކޮމިޝަންގެ ވެބްސައިޓްގައި އެ މައުލޫމާތު ހާމަކުރުމުގެ އިތުރުން އެމީހަކަށްވެސް މެސެޖަކުން އެކަން އަންގަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެެެވެ.

އިލެކްޝަން ކޮމިޝަނުން އެ ފިޔަވަޅުއް އަޅަން ނިއްމައިފައިމިވަނީ މީހުންނަށް ނޭގި އޮޅުވާލައިގެން ޕާޓީތަކަށް ވައްދާ ކަމުގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުން މި ޝަކުވާއާއިގެން އީސީއާއި ބައްދަލުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީންނެވެ. ދާދިފަހުން އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކުރަށްވައި އެޕާޓީގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާ މައްސަލައަށް ހައްލެއް އަންނަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި 11 ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު