ރާއްޖެއިން ކޮވިޑް ކޮންޓްރޯލްކޮށް މެނޭޖްކުރުމުގެ ހުރިހާ ކްރެޑިޓެެއް (ތަޢުރީފެއް) ލިބިވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެމަނިކުފާނުގެ ޓީމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، ކޯވިިޑް-19 ގައި ރާއްޖޭގެ ބޯޑަރ ހުޅުވަން ކުރި މަސައްކަތް ކާމިޔާބުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒުންކަމަށް ވިދާޅުވެ އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެެވެ. އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮވިޑް މެނޭޖް ކުރުމުގެ ހުރިހާ ކްރެޑިޓެއް ލިބިވަޑައިގަންނަވަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެމަނިކުފާނުގެ ޓީމަށް ކަމަށާއި، އޭގެ ކްރެޑިޓް އެހެން ބަޔަކު ނަގަން އުުޅުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. ރައީސް ސާލިޙު އެމަސަކަތްޕުޅު ކުރެއްވީ ވަރަށް ދަތި އުދަނގޫ ހާލަތުގައިކަން އެކަމުގެ ތެރޭގައި އުޅުއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވީ ވަކި މީހެއްގެ ޕްރެޝަރު އޮވެގެން ނޫން ކަމަށެެވެ.
"ކޮވިޑުން އަރައިގަނެވުނީ ރައީސް ސާލިޙާއި ކެބިނެޓާ އަދިވެސް އެކި ދާއިރާތަކުގެ ޕްރޮފެޝަނަލް މީހުންނާއެކު ރެއާދުވާލު ކުރި މަސައްކަތުން، ބޯޑަރު ވެސް ބަންދުކުރަންޖެހުނު ވަގުތު ބަންދުކުރީ، އަދި ހުޅުވަންވީ ވަގުތު އައީމަ ހުޅުވީ، ވަކި މީހެއްގެ ޕްރެޝަރަކުން ކުރި ކަމެއް ނޫން އެއީ." އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް ދެކިގެން އަޅާނުލާ ތިބި ނަމަ މިއަދު އޮންނާނީ މި ހާލަތެއް ނޫން ކަމަށެވެ. ކޮވިޑު ކޮންޓްރޯލްވެ އާންމު ހާލަތަކަށް ދިޔުމުގެ ކްރެޑިޓް ނަގަން އުޅެނީ އެކަމުން އަރައިގަތުމަށް ސަރުކާރުން އޭރު އެޅި ފިޔަވަޅުތަކަށް ފާޑުކިޔައި އެކަމާ ދެކޮޅު ހެދި މީހުން ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.
"މާދަމާ ބޯޑަރު ހުޅުވާނެކަން އެގޭއިރަށް މިއަދު މަޖިލީހަށް މައްސަލަ އެެއް ލާނެ ބޯޑަރު ހުޅުވާށޭ ކިޔާފައި. ދެންވީ މަޖިލީހުން ކުރި ކަމަކަށްވާން، މިއީ ކަންހިނގި ގޮތަކީ" މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވިއެވެ.

Covid manage kurumuge huriha credit eh haggu vanee Raees @ibusolih aa RJ aa ekkoh masakkaiy kurevvi team, adhi nuhanu ehbaarulun dhin lobuvethi dhivehi rayyithunnah! Meehaku madun hurumakee emeeha laigen huri gameehah dhaandhen feyrigannan jehey sababeh noon!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 4, 2022
"ކޮވިޑުން އަރައިގަނެވުނީ ރައީސް ސާލިޙާއި ކެބިނެޓާ އަދިވެސް އެކި ދާއިރާތަކުގެ ޕްރޮފެޝަނަލް މީހުންނާއެކު ރެއާދުވާލު ކުރި މަސައްކަތުން، ބޯޑަރު ވެސް ބަންދުކުރަންޖެހުނު ވަގުތު ބަންދުކުރީ، އަދި ހުޅުވަންވީ ވަގުތު އައީމަ ހުޅުވީ، ވަކި މީހެއްގެ ޕްރެޝަރަކުން ކުރި ކަމެއް ނޫން އެއީ." އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް ދެކިގެން އަޅާނުލާ ތިބި ނަމަ މިއަދު އޮންނާނީ މި ހާލަތެއް ނޫން ކަމަށެވެ. ކޮވިޑު ކޮންޓްރޯލްވެ އާންމު ހާލަތަކަށް ދިޔުމުގެ ކްރެޑިޓް ނަގަން އުޅެނީ އެކަމުން އަރައިގަތުމަށް ސަރުކާރުން އޭރު އެޅި ފިޔަވަޅުތަކަށް ފާޑުކިޔައި އެކަމާ ދެކޮޅު ހެދި މީހުން ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.
"މާދަމާ ބޯޑަރު ހުޅުވާނެކަން އެގޭއިރަށް މިއަދު މަޖިލީހަށް މައްސަލަ އެެއް ލާނެ ބޯޑަރު ހުޅުވާށޭ ކިޔާފައި. ދެންވީ މަޖިލީހުން ކުރި ކަމަކަށްވާން، މިއީ ކަންހިނގި ގޮތަކީ" މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު