އަހުމަދު މަސްނޫމް   4 އޭޕްރީލު 2022 - 21:32
މިހިނގާ ރޯދަމަހު އެއްވެސް ދަތިކަމެއް ނެތި "ތާޒާ" ފެން ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ އިއްޔެ އާއި އޭގެކުރީ ދުވަހު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ހޯދުމުގައި ދަތިތަކާއި ކުރިމަތިލާންޖެހުނުކަމުގެ ޝަކުވާތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

ރާއްޖޭގައި އާއްމު ގޮތެއްގައި ގުޅީގައި ބަންދުކޮށްގެން ވިއްކަނީ "ލައިފް" އަދި "ތާޒާ" ފެނެވެ. މީގެތެރެއިން "ތާޒާ" ފެނަކީ ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީގެ ދަށުން ހިންގާ ކުންފުންޏެއްގެ އުފެއްދުމެކެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ މާލެ ސިޓީގައި ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވީ ރޯދަމަހާއި ގުޅިގެން މާލޭގެ ޓްރެފިކަށް ގެނައި ބަދަލުތަކެއްގެ ސަބަބުންކަމަށާއި، ނަމަވެސް ސަރުކާރާއި ވާހަކަދައްކައިގެން އެކަންކަމަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ފެން ލިބުމުގައި ދަތިކަމެއް ނޫޅޭނެކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީން އުފައްދާ ތާޒާ ފެނުގެ ރަނގަޅު ސްޓޮކެއް އެބަހުރިކަމަށާއި، ރޯދަމަހު އެއްވެސް ދަތިކަމެއް ނެތި ފެން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އެބައޮތްކަމަށެވެ.

ޝާހު ވިދާޅުވީ ގޭބީސީތަކަށް ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާކަމަށާއި، އެއީ ގޭގެއިން މީހުންނާއި ދިމާވުމުގައި ކުރިމަތިވާ ދަތިތަކުގެ ސަބަބުންކަމަށެވެ. އެހެންކަމުން އެކަންކަމަށް ސަމާލުކަން ދިނުމަށް ޝާހު އިލްތިމާސްކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު