ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއަށް ފައިސާ ދެއްކޭނެ އުސޫލުތަކެއް އާއްމުކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނާއި އެކި ފަރާތްތަކާމެދު ގަނެ ވިއްކުމަށާއި ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ދައްކަވަންޖެހޭ ފައިސާ، ބޭންކު ކައުންޓަރ، އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގ (އެކައުންޓް ޓްރާންސްފަރ) ގެ ޒަރީއާއިން އެ ކޯޕަރޭޝަނުގެ އެކައުންޓްތަކަށް ބައެއް ފަރާތްތަކުން ޖަމާކުރައްވަމުން ގެންދަވާކަމަށެވެ.
ނަމަވެސް އެ ގޮތްގޮތަށް، އެ ކޯޕަރޭޝަނުގެ އެކައުންޓްތަކަށް ފައިސާ ދެއްކެވީ ކޮންފަރާތަކުން ކޮންބިމަކަށް/ އެއްމެދު-އިމާރާތަކަށްކަން ދެނަގަތުމަށް ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން 1 އޭޕްރިލް 2022 ވަނަ ދުވަހުން ފެށިގެން ބޭންކް ކައުންޓަރ، އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގ (އެކައުންޓް ޓްރާންސްފަރ) ގެ ޒަރީއާއިން އެ ކޯޕަރޭޝަނުން ފައިސާބަލައި ނުގަންނާނެކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން 1 އޭޕްރިލް 2022ގެ ފަހުން، އެ ކޯޕަރޭޝަނަށް ފައިސާ ދެއްކެވުމަށްޓަކައި އެކޯޕަރޭޝަނުން ތަޢާރަފް ކޮށްފައިވާ 'މައިހުޅުމާލެ! ވެބް ޕޯޓަލް ލިންކް މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އެޗް.ޑީ.ސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށްޓަކައި ޙާއްސަ ކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެޗްޑީސީން އަންގައެވެ.

އެއްބަސްވުމުގެ ދަށުން މިކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭhttps://t.co/u0maU9wTGF pic.twitter.com/KKzatELiB3
— HDC (@hdcmaldives) April 4, 2022
ނަމަވެސް އެ ގޮތްގޮތަށް، އެ ކޯޕަރޭޝަނުގެ އެކައުންޓްތަކަށް ފައިސާ ދެއްކެވީ ކޮންފަރާތަކުން ކޮންބިމަކަށް/ އެއްމެދު-އިމާރާތަކަށްކަން ދެނަގަތުމަށް ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން 1 އޭޕްރިލް 2022 ވަނަ ދުވަހުން ފެށިގެން ބޭންކް ކައުންޓަރ، އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގ (އެކައުންޓް ޓްރާންސްފަރ) ގެ ޒަރީއާއިން އެ ކޯޕަރޭޝަނުން ފައިސާބަލައި ނުގަންނާނެކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން 1 އޭޕްރިލް 2022ގެ ފަހުން، އެ ކޯޕަރޭޝަނަށް ފައިސާ ދެއްކެވުމަށްޓަކައި އެކޯޕަރޭޝަނުން ތަޢާރަފް ކޮށްފައިވާ 'މައިހުޅުމާލެ! ވެބް ޕޯޓަލް ލިންކް މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އެޗް.ޑީ.ސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށްޓަކައި ޙާއްސަ ކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެޗްޑީސީން އަންގައެވެ.
ކިޔުންތެރިންގެ ހިޔާލު