ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޙިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 8 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ވަނީ މިދިޔަ ޖޫންމަހު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ ތެރެއިން އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައި ހުރި ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫޢުއެއް ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް މިނިސްޓްރީން ވަނީ އެސްޓީއޯއާ ޙަވާލުކޮށްފައެވެ.
އެސްޓީއޯއިން ބުނީ އެންމެ ފަހުން ގެނެސްފައިވާ 8 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ.
އަލަށް ފޮނުވާ އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ޏ. ފުވައްމުލަކު، ސ. ހިތަދޫ އަދި ގދ. ނަޑެއްލާގެ އިތުރުން ކ. ގުރައިދޫއަށެވެ.

Ambulances allocated to the following islands are ready to be dispatched.
— STO (@stoplc) April 4, 2022
AA. Rasdhoo
ADh. Dhigurah
TH. Vilufushi
GA. Kanduhulhudhoo
GN. Fuvahmulah
S. Hithadhoo
GDh. Nadella
K. Guraidhoo
These units are from the 4th batch of Ambulances received on 19th March 2022 pic.twitter.com/6g5VuOWuip
އެސްޓީއޯއިން ބުނީ އެންމެ ފަހުން ގެނެސްފައިވާ 8 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ.
އަލަށް ފޮނުވާ އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ޏ. ފުވައްމުލަކު، ސ. ހިތަދޫ އަދި ގދ. ނަޑެއްލާގެ އިތުރުން ކ. ގުރައިދޫއަށެވެ.
ކިޔުންތެރިންގެ ހިޔާލު