އެމްޕީއެލް ޕޯޓު ތެރޭގައި ކެމިކަލެއް ލީކުވިކަމަށް ބުނެ ދެކެވުނު ވާހަކަތައް އެމްޕީއެލުން ދޮގުކޮށްފިއެވެ.

އެމްޕީއެލުން ބުނީ މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ބަހައްޓާފައި ހުރި ޓައިލްސް ސާފުކުރާ ޕޮލިޝް ހަންތަކަކުން މިއަދު ދުން އެރިކަމަށެވެ. އަދި އެގޮތަށް ދިމާވީ އެތަކެތި ކްލިއަރ ނުކޮށް ބަނދަރުމަތީ އަވީގައި ހުރުމުން ހަން ފަޅައިގެން ގޮސްގެންކަމަށާއި، ނަމަވެސް ކެމިކަލެއްް ލީކުނުވާކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ މިޙާދިސާގައި އެއްވެސް މީހަކަށް އަދި އެހެން މުދަލަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

މިއަދު މެންދުރު ހިނގި މިޙާދިސާގެ ސަބަބުން ފުލުހުންވަނީ އެސަރަޙައްދު ބަންދުވެސް ކޮށްފައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އެ ސަރަހައްދު ވަނީ އާއްމު ހާލަތަކަށް ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު