ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ އިކުއިޒިޝަން ކޮސްޓް ރިވިއު ކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ގިނަ އިންވެސްޓަރުން ޝައުގުވެރި ވަނީ ނަލަ ރަށްތަކަށް ކަމަށެވެ. އެންމެ ފަހުން ރިސޯޓް ހަދަން ދޫކުރި ނުވަ ރަށަށް 18 ބީލަން ލިބިފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެެވެ. އެމިނިސްޓްރީން ހުޅުވާލި ރަށްތަކުގެ ތެރެއިން ނުވަ ރަށަކަށް ބީލަމެއް ލިބިފައިނުވާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
"ނަލަނަލަކޮށް ހުރި ރަށްރަށައް ރަނގަޅު އަގު ލިބުނު. ކޮންމެ ރަށަކީ އިންވެސްޓަރުން އައިސް އިންވެސްޓްކުރާނެ ރަށެއް ނޫން. އަޅުގަނޑުމެން މިހާރު އިންވެސްޓް ކުރަން ހުޅުވާލާއިރު ގެންނަން ބޭނުންވާ އެއް ބަދަލަކަށްވާނެ މިހާރު މި ނަގާ އިކްއިޒިޝަން ކޮސްޓް އަނެއްކާވެސް ރިވިއުކުރުން، މިއަދަކީ ޓެކްސްގެ ނިޒާމުން ދައުލަތަށް އާމްދަނީ ހޯދާ ދުވަހެއް. އެހެންވީމަ ވިޔަފާރި ހިންގާލައިގެން އެެއިން އާމްދަނީ ލިބޭނެ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއް." ޑރ. މައުސޫމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިއަހަރު 14 ރިސޯޓެެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޓޫރިޒަމް ދާއިރާ ފުޅާކުރުމަކީ ސަރުކާރުން ގެނގުޅެމުންދާ ސިޔާސަތެއް ކަމަށެވެ.
ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރާ މިންވަރަށް ބަލާއިރު އަހަރަކު 10،000 މުވައްޒަފުން ބޭނުންވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު