ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން 14528 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށްދާކަމަށާއި، އޭގެެތެރެއިން 2000 ޔުނިޓްގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ހައުސިންގ މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ގުޅޭ ކޮމިޓީއަށް މަޢުލޫމާތު ދެއްވާފައެވެ.
ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ މިއަހަރުގެ ނިޔަލަށް 2159 ހައުސިންގ ޔުނިޓް އެއްކޮށް ނިމޭނެކަމަށް ލަފާކުރައްވާކަމަށެވެ. އަދި އަންނަ އަހަރު 2429 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރާއިރު 2024 ވަނަ އަހަރު 3361 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މިވަގުތު މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި 60 ހައުސިންގ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެއީ ޖުމްލަ 14528 ހައުސިންގ ޔުނިޓްކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 720 ކައުންސިލް ހައުސިންގ މަޝްރޫޢާއި 2405 އެޓޯލް ހައުސިންގ މަޝްރޫޢާއި 6370 އެފޯޑަބަލް ހައުސިންގ މަޝްރޫޢާއި 4116 މިޑް ރޭންޖް ލަގްޒަރީ ހައުސިންގ މަޝްރޫޢުކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ޕީއެސްއައިޕީގެ ދަށުން މިއަހަރު މުޅިން އަލަށް 16 ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު