މަޖިލީހުގެ ކޮމިޓީތަކުގައި ހުރި މަސައްކަތްތައް ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީޙުގެ ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީތަކުގައި މިވަގުތު 25 ބިލެއް އެބައޮތްކަމަށާއި ނަމަވެސް އެ ބިލުތަކުގެ މަސައްކަތް ނުނިމި ލަސްވަމުންދާކަމަށެވެ. އަދި މަސައްކަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވަނީ ބިލުތަކުގެ މަސައްކަތް ހަލުވިކުރުމަށް ހުރިހާ މެންބަރުންވެސް މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ބިލުތައް ކޮމިޓީތަކުން އަވަހަށް ނިންމާލެވޭނޭ ވިސްނުމެއް މެންބަރުން ގެންގުޅުއްވުމަށް އިލްތިމާސްކުރަށްވާފައެވެ.

މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރަށް 36 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ބިލުތަކުގެ ތެރޭގައި އަލަށް ހުށަހަޅާ 15 ބިލަކާއި، 21 ޤާނޫނަކަށް އިސްލާހު ގެނައުމަށް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު