މާލޭގައި ހުންނަ ގަލޮޅު ރަސްމީ ދަނޑު ތަޅާލުމަށްފަހު ތަރައްގީކުރާ ބޯޅަދަނޑުގެ ޑިޒައިން ދައްކާލައިފިއެވެ.
އިންޑިއާގެ އެހީގައި ތަރައްގީކުރާ ބޯޅަދަނޑުގެ ޑިޒައިން ދައްކާލީ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ.
"ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްޤީކުރުމަށްވަނީ ނިންމާފަ. މިއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް." މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް 45،494،505 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑު މަރާމާތު ކޮށްފައިވަނީ 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2014ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕަށެވެ. އޭގެތެރެއިން ޗެލެންޖު ކަޕަށް 70 މިލިއަނެއްހާ ރުފިޔާ ގަލޮޅު ދަނޑަށް ވަނީ ހަރަދު ކޮށްފައެވެ.
ގަލޮޅު ދަނޑުގައި އައު ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ތާވަލްކޮށްފައިވާއިރު، ސަރުކާރުން ނިންމާފައި އޮތީ ގަލޮޅު ދަނޑުގެ މަސައްކަތް ނިމެންދެން ހުޅުމާލެ ދަނޑު ބޭނުންކުރާގޮތަށެވެ.

ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްޤީކުރުމަށްވަނީ ނިންމާފަ. މިއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް. 🇲🇻 pic.twitter.com/2JtGLy6Vd5
— Ahmed Mahloof (@AhmedMahloof) April 5, 2022
މިއަހަރުގެ ބަޖެޓުގައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް 45،494،505 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑު މަރާމާތު ކޮށްފައިވަނީ 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2014ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕަށެވެ. އޭގެތެރެއިން ޗެލެންޖު ކަޕަށް 70 މިލިއަނެއްހާ ރުފިޔާ ގަލޮޅު ދަނޑަށް ވަނީ ހަރަދު ކޮށްފައެވެ.
ގަލޮޅު ދަނޑުގައި އައު ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ތާވަލްކޮށްފައިވާއިރު، ސަރުކާރުން ނިންމާފައި އޮތީ ގަލޮޅު ދަނޑުގެ މަސައްކަތް ނިމެންދެން ހުޅުމާލެ ދަނޑު ބޭނުންކުރާގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު