ޚިޔާނާތުގެ ގިނަ ދައުވާތަކެއް ދައުލަތުން އުފުލާފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުގައި ތާވަލްކޮށްފިއެވެެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައި ވަނިކޮށް މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ އައްމަޓީ ބަންދުން ދޫކޮށްލާފައެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެ މައްސަލާގެ ހުކުމް އިއްވަން ހައި ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނެވެ.

މިއީ އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރުކަން ފާހަގަކޮށްލެވެެެެެއެެވެ. މީގެކުރިން ދެފަހަރަށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ވެސް، ހައި ކޯޓުން ވަނީ އެ ނިއްމުން ބާތިލްކޮށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ. ޚިޔާނާތުގެ 40 އަށް ވުރެ ގިނަ ދައުވާ އައްމަޓީގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެެވެ.



ކިޔުންތެރިންގެ ހިޔާލު