މާލޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގެ ބަދަލުގައި އައު ދަނޑެއް ތަރައްގީކުރާނަމަ މާލޭ މީހުންނާއި ފުޓްބޯޅަ އާއިލާގެ ބަސް ހޯދަންޖެހޭނެކަމަށް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
ސައިފް މިހެން ވިދާޅުވެފައި މިވަނީ މާލޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ބަދަލުގައި އައު ދަނޑެއް ތަރައްގީކުރުމަށް ނިންމާ، އެކަމާއި ގުޅޭ ތަފްސީލްތައްވެސް ހާމަކޮށްފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވީ ބޯޅަ ދަނޑު ހުރީ މާލޭގެ އެންމެ ކާރޫ ބާރޫ ބޮޑު މައި މަގުގައި ކަމަށްވާއިރު އައު ދަނޑެއް އަޅާއިރު ވިސްނަންވީ ކިތަންމެ ކަމެއް އެބަހުރިކަމަށެވެ. އެގޮތުން ޕާކިންގެ ދަތިކަން، މަގު ބަންދުކުރުމުން މުޅި މާލޭގެ ޓްރެފިކަށް އަރާ ލޮޅުމާއި، ވަށައިގެން ހުރި ގޯތިގެދޮރާއި ވިޔަފާރިތަކަށް ކުރާނެ އަސަރުތައް ސައިފް ފާހަގަކުރެއްވިއެވެ.
ސައިފް ވިދާޅުވީ ޤައުމީ މައިދަނޑު އެޅުން އެންމެ އެކަށޭނައީ އަދިވެސް މާލޭގައިތޯވެސް އެއީ ވިސްނަންޖެހޭ ކަމެއްކަމަށެވެ. އަދި މިއިން ކަމަކަށް ވިސްނުމެއް ނެތި، ޢާންމު މަޝްވަރާ ނެތި ޤައުމީ ޢުމްރާނީ މަޝްރޫޢެއް ނަމަވެސް ހިންގުން ރަނގަޅެއް ނޫންކަމަށާއި އެއީ ލާމަރުކަޒީ ނިޒާމު ދަންނަ ހަމައެއް ނޫންކަމަށްވެސް ސައިފް ވިދާޅުވިއެވެ.
"ފުޓުބޯޅައަކީ ސަޕޯޓަރުންނާ ވަކިން، ފުޓުބޯޅަ އެސޯސިއޭޝަން ހިސާރުކޮށްގެން އުޅޭ މީހަކާއި ކުޅިވަރު ވަޒީރަށް އެކަނި ފެންނަ ގޮތެއްގެ މައްޗަށް ހިންގާ ކަމަކަށް މުޅިންވެ ނިމުނީމާ ކިތަންމެ ބޮޑު ދަނޑެއް އެޅިޔަސް ދިވެހި ފުޓުބޯޅަައަށް ލިބޭ މޮޅެއް ނޯންނާނެ. ދަނޑަށް ވަންނާނެ މީހަކު ނުވާނެ." ސައިފް ވިދާޅުވިއެވެ.
ސައިފް ވިދާޅުވީ އަލުން ދަނޑު އަޅާ ނަމަ މާލޭ މީހުންނާއި ގަލޮޅުގެ މީހުންގެ ބަހެއް ހޯދަންޖެހޭކަމަށެވެ. އަދި ހާއްސަކޮށް ފުޓުބޯޅަ ޢާއިލާގެ ބަހެއް ހޯދަންޖެހޭކަން ސައިފް ފާހަގަކުރެއްވިއެވެ.
"މިހެން މިވާހަކަ ފާހަގަކުރުންވެސް ވާނީ ތަރައްޤީއާ ދެކޮޅުވުން، އެއްގޮތެއްވެސް ހެޔޮ ނުވުން، ޖެއްސުން ކުރުންކަމަށް ތޯއްޗެ." ސައިފް ވިދާޅުވިއެވެ.
ގަލޮޅު ރަސްމީ ދަނޑު ތަޅާލުމަށްފަހު ތަރައްގީކުރާ ބޯޅަދަނޑުގެ ޑިޒައިން މިއަދު ވަނީ ދައްކާލާފައެވެ.
އިންޑިއާގެ އެހީގައި ތަރައްގީކުރާ ބޯޅަދަނޑުގެ ޑިޒައިން ދައްކާލީ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ.
މަހްލޫފް ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު މިއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއްކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް 45،494،505 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު