ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް އަލީ އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަބަލުން ވިސާމް އަލީ ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ކަމުން އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ވިސާމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި އެކަން ފާހަގަ ކުރައްވާފައެވެ.



މިނިސްޓަރު ޝާހިދު ވިދާޅުވީ ވިސާމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށާ ހިދުމަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ވިސާމަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އަށް މިނިސްޓަރު ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު