ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އައްޔަންކުރައްވާ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް, ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަރުގަދަ ސުވާލެއް ކުރިމަތިކުރައްވައިފިއެެވެ.
ސަރުކާރު ހިންގާ މައިޕާޓީ, އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެ ސުވާލު ކުރެއްވީ ރައީސް ސާލިޙު އައްޔަންކުރައްވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޒިންމާއާއި މަސްއޫލިއްޔަތާއި ބެހޭގޮތުންނެެވެ. އެގޮތުން ނިހާދު ވަނީ ގާނޫނު އަސާސީގެ ދަށުން ރައީސް އައްޔަންކުރައްވާ ސިޔާސީ ބޭފުޅުންގެ ޒިންމާއަކީ ސަރުކާރުން ކުރާ ކަންތައްތަކުގެ މައުލޫމާތު ގޯސްކޮށް ފެތުރުމާއި ސަރުކާރާއިމެދު ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުންތޯ ސުވާލު ކުރައްވާފައެވެ.
ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރެކެވެެ. ސިޔާސީ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަކީވެސް އެމާއްދާގެ ދަށުން ރައީސް އައްޔަން ކުރަށްވާފައިވާ މީހުންނެވެ.
"ސާފު ކޮށްލަން މި އެހީ" ޕީޖީ ހުސައިން ޝަމީމާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައީސް އޮފީސް ޓެގްކުރައްވައި ނިހާދު ސުވާލު ކުރެއްވިއެެވެ.
ނިހާދު ވިދާޅުވީ، އެޓްވީޓްގައި ޕީޖީ ޝަމީމް ޓެގް ކުރެއްވީ ގާނޫނީ ބޭފުޅަކާއި ސުވާލު ކުރެެއްވުމުގެ ނިޔަތުގައި ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ޕީޖީގެ ހައިސިއްޔަތުން ޝަމީމާއި ކުރެއްވި ސުވާލެއް ނޫންކަމަށް ނިހާދު ވިދާޅުވިއެވެ. އަދި އަލީ ޒާހިރާއި މުހައްމަދު ޝިފާޒް ޓެގް ކުރެއްވީ ރައީސް އޮފީހުގައި ސިޔާސީ މަގާމުތަށް ހަވާލު ކުރެއްވުމުގައި އިސްކޮށް އުޅުއްވަނީ އެ ދެބޭފުޅުން ކަމަށްވާތީ ކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު މިމޭރުމުން ސުވާލު ކުރައްވާފައިވާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން، ސަރުކާރު ޕްރޮމޯޓްކުރުމުގެ ބަދަލުގައި ސަރުކާރަށް ގެއްލުން ލިބޭގޮތަށް ޝޯޝަލް މީޑިޔާގައި ހަގީގަތް އޮޅޭގޮތަށް ތަފާތު އެކި ވާހަކަތައް ދައްކަވަމުން ގެންދާކަން ފާހަގަކޮށްލެވެއެެވެ. އޭގެެތެރޭގައި ބޮޑަށް ހިމެނެނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ސިޔާސީ މަގާމު ތަކުގައި ތިބި އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންފަދަ ފަރާތްތަކެވެ. އެމީހުން ރައީސް ދެއްވި މަގާމުތަކުގައި ތިއްބަވައިގެން ކަނޑައެޅިގެން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އަގު ވެއްޓޭ ގޮތަށް ފާޅުގައި ވާހަކަ ދައްކައި ޓްވީޓްކޮށް ހަދަމުންދާއިރު އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅާތާނގައި ސަރުކާރުގެ ކަމާބެހޭ އެއްވެސް ބޭފުޅަކު ބަހެއް ވިދާޅުވުނާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކުރިއަށް އޮތްް އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ވެސް ރައީސް ސޯލިހާއި ރައީސް ނަޝީދަށް ތާއިދު ކުރާ ސަރުކާރުގެ މަގާމު ތަކުގައި ތިބި ބައެއް މީހުންގެ މެދުގައި، ކެމްޕޭން ފޯރީގައި ބަހުގެ ހޫނު ހަމަލާތައް ދަނީ ބަދަލު ކުރަމުންނެެވެ. އޭގެ ތެރޭގައި ޕާޓީއަށާއި ސަރުކާރަށާއި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވާފަދަ ވާހަކަތައް ވެސް އެމީހުން އަންނަނީ ދައްކައި ފަތުރަމުންނެވެ.

Gaanoon Asaasee dhashun Raeesul Jumhooriyyaa appoint kuraa meehunge zinmaa akee Sarukaarun kuraa huirhai kameh ge Mauloomaath goaskoh fethurumaai sarukaaraai medhu rayyithunge hithugai nuthanavaskan ufedhdhun thoa? Saafukollan ehee? @HuShameem @alixahir @mdpshippe @presidencymv
— Feydhoo Meehaa (Mohamed Nihad) (@nihad_m) April 5, 2022
"ސާފު ކޮށްލަން މި އެހީ" ޕީޖީ ހުސައިން ޝަމީމާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައީސް އޮފީސް ޓެގްކުރައްވައި ނިހާދު ސުވާލު ކުރެއްވިއެެވެ.
ނިހާދު ވިދާޅުވީ، އެޓްވީޓްގައި ޕީޖީ ޝަމީމް ޓެގް ކުރެއްވީ ގާނޫނީ ބޭފުޅަކާއި ސުވާލު ކުރެެއްވުމުގެ ނިޔަތުގައި ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ޕީޖީގެ ހައިސިއްޔަތުން ޝަމީމާއި ކުރެއްވި ސުވާލެއް ނޫންކަމަށް ނިހާދު ވިދާޅުވިއެވެ. އަދި އަލީ ޒާހިރާއި މުހައްމަދު ޝިފާޒް ޓެގް ކުރެއްވީ ރައީސް އޮފީހުގައި ސިޔާސީ މަގާމުތަށް ހަވާލު ކުރެއްވުމުގައި އިސްކޮށް އުޅުއްވަނީ އެ ދެބޭފުޅުން ކަމަށްވާތީ ކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު މިމޭރުމުން ސުވާލު ކުރައްވާފައިވާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން، ސަރުކާރު ޕްރޮމޯޓްކުރުމުގެ ބަދަލުގައި ސަރުކާރަށް ގެއްލުން ލިބޭގޮތަށް ޝޯޝަލް މީޑިޔާގައި ހަގީގަތް އޮޅޭގޮތަށް ތަފާތު އެކި ވާހަކަތައް ދައްކަވަމުން ގެންދާކަން ފާހަގަކޮށްލެވެއެެވެ. އޭގެެތެރޭގައި ބޮޑަށް ހިމެނެނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ސިޔާސީ މަގާމު ތަކުގައި ތިބި އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންފަދަ ފަރާތްތަކެވެ. އެމީހުން ރައީސް ދެއްވި މަގާމުތަކުގައި ތިއްބަވައިގެން ކަނޑައެޅިގެން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އަގު ވެއްޓޭ ގޮތަށް ފާޅުގައި ވާހަކަ ދައްކައި ޓްވީޓްކޮށް ހަދަމުންދާއިރު އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅާތާނގައި ސަރުކާރުގެ ކަމާބެހޭ އެއްވެސް ބޭފުޅަކު ބަހެއް ވިދާޅުވުނާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކުރިއަށް އޮތްް އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ވެސް ރައީސް ސޯލިހާއި ރައީސް ނަޝީދަށް ތާއިދު ކުރާ ސަރުކާރުގެ މަގާމު ތަކުގައި ތިބި ބައެއް މީހުންގެ މެދުގައި، ކެމްޕޭން ފޯރީގައި ބަހުގެ ހޫނު ހަމަލާތައް ދަނީ ބަދަލު ކުރަމުންނެެވެ. އޭގެ ތެރޭގައި ޕާޓީއަށާއި ސަރުކާރަށާއި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވާފަދަ ވާހަކަތައް ވެސް އެމީހުން އަންނަނީ ދައްކައި ފަތުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު