ރާއްޖެއަށް ބޭނުންވާ ތެލާއި ޑީސަލް ހޯދުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކުރާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މިކަން ހާމަކޮށްފައި މިވަނީ ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ތެޔޮ ވިއްކާ އަގުވެސް ބޮޑުކޮށްފައެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ތެލުގެ ދަތިކަމެއް ނެތް ކަމަށެވެ. އަދި ތެލުގެ ޑިމާންޑް ކުއްލިއަކަށް މައްޗަށް ދިއުމުން ކުރިމަތިވެފައިވާ ދަތިކަން ހޮނިހިރު ދުވަހުން ފެށިގެން ހައްލު ވާނެ ކަމަށް، އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނީ އެކުންފުނީގެ ސަބްސިޑަރީ ފިއުލް ސަޕްލައިން ދުވާލަކަށް ތެޔޮ ވިއްކާ މިންވަރު އިތުރުކޮށްފައި ހުއްޓައި، ތެޔޮ ވިއްކާވަރު ކޮންޓްރޯލްކުރީ ދުބާއީ ބަނދަރުން އެސްޓީއޯގެ ބޯޓަށް ތެޔޮ ބަރުކުރަން ލަސްވެގެން ދިއުމުން ދިމާވި ދަތިކަމަކުންކަމަށެވެ. އަދި އެ ބޯޓަށް ތެޔޮ ބަރުކޮށްގެން މި މަހުގެ 9 ގައި މާލޭގައި ބަނދަރުކުރާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ތެޔޮ ލިބުމުގައި ދަތިކަމެއް އުޅޭކަމުގެ ވާހަކަތައް ފެތުރެން ފެށީ ތެޔޮ ވިއްކާ ކުންފުނިތަކުން ކޮންޓްރޯލްކޮށްގެން ޑީސަލް ވިއްކަމުންދިއުމާއި ގުޅިގެނެވެ. އަދި އެސްޓީއޯގެ އެފްއެސްއެމުން ތެޔޮ ވިއްކުން ކޮންޓްރޯލްކުރީ ސްޓޮކްގައި ހުރި ޑީސަލް މަދުވެފައި ވާތީ، އާ ޝިޕްމަންޓެއް ލިބެންދެންކަމަށް އެކުންފުނިން އިއްޔެ އޮތީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު