އަހުމަދު މަސްނޫމް   6 އޭޕްރީލު 2022 - 17:41
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަ މިންވަރު ލިމިޓްކޮށްފިއެވެ.

މިފްކޯއަށް މަސް ގަންނަ މިންވަރު ލިމިޓްކޮށްފައިވަނީ މަސްވެރިން މިދުވަސްވަރު ގިނަ އަދަދަކަށް މަސް ބާނަމުންދިއުމާއި ގުޅިގެނެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މި ދުވަސްވަރު ދުވާލެއްގެ މައްޗަށް 800 ޓަނާ ހަމަޔަށް ކޫއްޑުއަށް މަސްކިރަމުންދާ ކަމަށާއި އަދި، ބައެއް ފަހަރު އެންމެ ދޯންޏަކުންވެސް 60 ޓަނުގެ މަސް ކިރަން އަންނަކަމަށެވެ. އެހެންކަމުން އެ ހުރިހާ މަހެއް ގަތުމުގައި ދަތިކަމެއް އުޅޭކަމަށް މިފްކޯއިން ބުނެއެވެ.

މަސްބާނާ މިންވަރު އިތުރުވުމާއި ގުޅިގެން މިފްކޯއިން މިހާރު ވަނީ ކޫއްުޑޫއަށް މަސްކިރާ މިންވަރު ލިމިޓްކޮށްފައެވެ. އެގޮތުން ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ގަތުމަށް މިފްކޯއިން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާއިރު މިފްކޯއަށް މަސްކިރާ މިންވަރު ލިމިޓްކުރުމުން ގިނަ މަސްވެރިން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު