ނެޝަނަލް ޓްރޭޑް ޓެސްޓިންގ ސެންޓަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް ފެނަކަ ޓްރެއިނިންގ އެންޑް ރިސަރޗް އިންސްޓިޓިއުޓާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓާއި ދެމެދު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފެނަކައިން ބުނީ މިއީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ދަށުން، ނެޝަނަލް ޓްރޭޑް ޓެސްޓިންގ ސެންޓަރެއްގެ ގޮތުގައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސަރޗުން މަސައްކަތުގެ މާހައުލުގައި ތަމްރީނާއި ތަޖުރިބާ ލިބި ސެޓްފިކެޓާއި ލައިސަންސް ނެތް ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން، މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީއާއި ދެމެދު ވެވުނު އެއްބަސްވުމެއްކަމަށެވެ.
ފެނަކައަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމްކުރެވިފައިވާ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް ދިވެހި ރައްޔިތުންނަށް ސާބިތުކަންމަތީގައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނީގެ ތެރެއިން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ވުޖޫދަށް އައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސަރޗަކީ ފެނަކައިގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތު އަދި އެކަން ފާހަގަކޮށްދޭ ލިޔެކިޔުންތައް ލިބިގެންވާ މަސައްކަތައް ޤާބިލް، އެކަށީގެންވާ މުވައްޒަފުންނަށް ހެދުމުގެ މަޤްޞަދުގައި އުފެދިގެން އައި އިންސްޓިޓިއުޓެއްކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ފެނަކަ އިންސްޓިޓިއުޓުން މިވަގުތުވެސް ދަނީ ފެނަކައިގެ މުވައްޒަފުންނަށް ނޭޝަނަލް ލެވެލް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ އެކި ބެޗްތައް ހިންގަމުންކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ. މި ކޯހުން ދަސްވެނިވާ ބައިވެރިންނަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޖެނެރަލް ހައުސް ވައިރިންގ ލައިސަންސެއް ލިބިގެންދާނެކަމަށް ފެނަކައިން ބުނެއެވެ.
ނޭޝަނަލް ސެޓްފިކެޓް ތުރީ އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ އިތުރުން ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިން އެންޑް ރިސަރޗުން ފެށުމަށް ރޭވިފައިވާ ކޯސްތަކުގެ ތެރޭގައި، ނޭޝަނަލް ސެޓްފިކެޓް ތުރީ އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސަރވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް ތްރީ އިން ވޯޓަރ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް ހިމެނެއެވެ.
ފެނަކައިން ބުނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ފެނަކައިގައި މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ މުވައްޒަފުންނަށް ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތައް އިތުރު ހަލުވިކަމާއި ކުރި އެރުން ލިބިގެން ދާނެކަމަށެވެ.
ފެނަކައިގެ މުވައްޒަފުންނަށް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާ މިފުރުސަތުތަކަކީ އެ މުވައްޒަފުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅިގެންދާ ބިންގަލެއްކަމަށް އެކުންފުނިން ބުނެއެވެ. އަދި ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް މުވައްޒަފުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި އެއްބަސްވުމުގެ ދަށުން ފެނަކައިގެ ހުރިހާ މުވައްޒަފުން ވެގެންދާނީ މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ އަދި ސެޓްފިކެޓް ލިބިގެންވާ ޤާބިލު ފަރާތްތަކަށްކަމަށް ކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު