އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި އޭނާ މަޤާމުން ވަކިކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު މަގާމުން ވަކިކުރުމަށް 5 މެމްބަރުންގެ ސޮޔާއިއެކު ކުއްލި މައްސަލައެއް ކައުންސިލަށް ހުށައެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ނާދިރެވެ.

ނަމަވެސް އޭނާ މަޤާމުން ވަކިކުރަން ނިންމި ސަބަބެއް ސާފެއް ނުވެއެވެ.

ޝުޖާއަށް އިތުބާރު ނެތްކަމަށް ކައުންސިލުން ފާސްކުރީ 6 މެމްބަރުންގެ ތާއީދާއެކުއެވެ. ޝުޖާއާ އެއްކޮޅަށް ވޯޓު ދީފައިވަނީ 5 މެމްބަރެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޝުޖާ ވަކިކުރަން ކައުންސިލުން ނިންމުމުން ދެން އެ މައްސަލަ ހުށައަޅަންޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނަށެވެ. އަދި ގާނޫނު އޮތްގޮތުން އޭނާ މަގާމުން ރަސްމީކޮށް ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީކަމުގެ މަގާމަށް ޝުޖާއު އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޓައިމްޕާސް

09-Apr-2022

ކައުންސިލަރުން ނަކީ ވަގުތުނަގާލާ ބައެއް


7

ޖަބީން

09-Apr-2022

ޢިމާދު ސާލިހު ނަގަން ދޯ ތިސްޓެންޓް ޖެއްސީ އޭނަ ގެންނަން ކުރިންވެސް އުޅުނު