ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސާދު އޮތީ ދުނިޔޭގެ އެންމެ ފަހަތުން 18 ވަނައިގައި ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް، އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ، ކޮވިޑުގެ ހާލަތަށްފަހު ގައުމުތަކުގެ އިގްތިސާދު ހުރި ގޮތަށް ބަލާއިރު އެންމެ ރަނގަޅަަށް އިގްތިސާދު މެނޭޖްކުރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތީ އެންމެ ފަހަތުން 18 ވަނައިގައި ކަމަށެވެ. އެހެން ނަމަވެސް އެންމެ ބާރަށް އިގްތިސާދު ކުރިއަރާ ދިހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވާހަކަ ދައްކާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކޮވިޑުގެ ހާލަތުގައި ރަނގަޅަށް ކަމެއް ކުރިނަމަ އެކަމެއް ކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެކަން އޮޅުވާ ނުލެވޭނެ ކަމަަށް ޝިޔާމް ވިދާޅުވިއެވެެ.
"މިއީ ސަރުކާރުގައި ތިބި ބަޔަކު މާ މޮޅުވެގެން ކޮށްފަ އޮތް ކަމެއް ނޫން. މިއީ ދިވެހި ރާއްޖޭގެ ވިޔަފާރިވެރިންނާއި އެކީގައި މި މަޖިލީހުން ކުރި ކަމެެއް ކުރީ. މި ބޯޑަރުތައް ނުހުޅުވަން ފޫގަޅާފައި ތިބިވަރު އަަޅުގަނޑުމެންނަށް އެނގުނު." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވި ނަމަވެސް ކޮވިޑަށްފަހު އިގްތިސާދު އެންމެ ބާރަށް ކުރިއަރާ 5 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފިނޭންސް މިނިސްޓަަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު