ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަހަތުން ދުވުން ނޫންކަމެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ނުކުރެވުނު ކަމަށް ވިދާޅުވެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލީ މަނިކު، މޫކޭ ޕީޖީ ހުސައިން ޝަމީމަށް ފާޑުވިދާޅުވީ، ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވިފަހުން ޕީޖީ އޮފީހުން އެމައްސަލަ އިސްތިއުނާފް ކުރި ކަމަށް ބުނެ އެ މައްސަލަ ބެލެން ނެތް ކަމަށް ހައިކޯޓުން ހުކުމްކުރުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެމްޑީ މޫސާ ޢަލި މަނިކު ވިދާޅުވީ ޔޫތް މިނިސްޓަރު މަހުލޫފްގެ ފަހަތުން ދުވުން ނޫން ކަމެއް ޕީޖީއަކަށް ނުކުރެވުނު ކަމަށެވެ. އަދި ޕީޖީ ޝަމީމް ކުރީގެ ރައީސް ޔާމިން މިނިވަންކޮށްދީ ޑްރަގް ބޯޓްތައް ސަލާމަތްކޮށްދީފައިވާ ކަމަށް މޫކޭ ތުހުމަތު ކުރެއްވިއެެވެ.
"މިކަހަލަ ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ކޮންމެ މައްސަލައެއް ތޮއްޑު ދަށުން ދުއްވާލަނީ ގަސްތެެއް ނެތި ކަމަށް ގަބޫލު ކުރަން އުދަނގޫ،" ޕީޖީ އޮފީހުގައި ގަސްދުގައި ގޯސްތައް ހަދަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް ކަން ވެސް ކުރައްވާ މޫކޭ ވިދާޅުވިއެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ. ޢެމައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފައެވެ.
މަހުލޫފްގެ މައްސަލަ ޕީޖީ އޮފީހުން އިސްތިއުނާފްކުރުމުން ކްރިމިނަލް ކޯޓުން އެމައްސަލަ ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި އެމައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެެވެ.
މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކޯޓަށް ހުށައަޅާފައިވަނީ އެމައްސަލައިގައި ދައުވާ ކުރަން ފޮނުވިތާ އެތައް ދުވަހެއް ފަހުންނެވެެ. އެމައްސަލައިގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެއީ ޒާތީ ނިންމުމެއް ކަމަށެވެ. ޝަމީމްގެ ފޮތުގައި އޮންނަ ގޮތަށް ދައުވާ ކުރުމަށް ނިންމާނީ އޭނާ ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.
މޫކޭ މިހެން ވިދާޅުވެފައިވާއިރު ޕީޖީ އޮފީހުގެ އިހުމާލުން ޖިނާއީ ބޮޑެތި މައްސަލަތަކުގެ ދައުވާ ލިބޭ ގިނަ ބަޔަކު ދޫވަމުންދާކަން ޝަރުއީ އެންމެ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ބައެއް ނިންމުން ތަކުން ހާމަވެފައެވެ.

Mahloof fahathun dhuvun noon kameh PG akah nuvi. YAG minivan kohdhee, drug boatu thah salaamaiy kohdhee, mikahala rayyithunge kanboduvun onna komme massalaeh thoddu dhashun dhuvaalanee gastheh nethi kamah gaboolu kuran undhagoo. https://t.co/LZ60OHBv5K
— Moosa Ali Manik 🇲🇻 (@VMookey) April 6, 2022
އެކަމާ ގުޅިގެން އެމްޑީ މޫސާ ޢަލި މަނިކު ވިދާޅުވީ ޔޫތް މިނިސްޓަރު މަހުލޫފްގެ ފަހަތުން ދުވުން ނޫން ކަމެއް ޕީޖީއަކަށް ނުކުރެވުނު ކަމަށެވެ. އަދި ޕީޖީ ޝަމީމް ކުރީގެ ރައީސް ޔާމިން މިނިވަންކޮށްދީ ޑްރަގް ބޯޓްތައް ސަލާމަތްކޮށްދީފައިވާ ކަމަށް މޫކޭ ތުހުމަތު ކުރެއްވިއެެވެ.
"މިކަހަލަ ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ކޮންމެ މައްސަލައެއް ތޮއްޑު ދަށުން ދުއްވާލަނީ ގަސްތެެއް ނެތި ކަމަށް ގަބޫލު ކުރަން އުދަނގޫ،" ޕީޖީ އޮފީހުގައި ގަސްދުގައި ގޯސްތައް ހަދަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް ކަން ވެސް ކުރައްވާ މޫކޭ ވިދާޅުވިއެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ. ޢެމައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފައެވެ.
މަހުލޫފްގެ މައްސަލަ ޕީޖީ އޮފީހުން އިސްތިއުނާފްކުރުމުން ކްރިމިނަލް ކޯޓުން އެމައްސަލަ ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި އެމައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެެވެ.
މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކޯޓަށް ހުށައަޅާފައިވަނީ އެމައްސަލައިގައި ދައުވާ ކުރަން ފޮނުވިތާ އެތައް ދުވަހެއް ފަހުންނެވެެ. އެމައްސަލައިގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެއީ ޒާތީ ނިންމުމެއް ކަމަށެވެ. ޝަމީމްގެ ފޮތުގައި އޮންނަ ގޮތަށް ދައުވާ ކުރުމަށް ނިންމާނީ އޭނާ ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.
މޫކޭ މިހެން ވިދާޅުވެފައިވާއިރު ޕީޖީ އޮފީހުގެ އިހުމާލުން ޖިނާއީ ބޮޑެތި މައްސަލަތަކުގެ ދައުވާ ލިބޭ ގިނަ ބަޔަކު ދޫވަމުންދާކަން ޝަރުއީ އެންމެ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ބައެއް ނިންމުން ތަކުން ހާމަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު