ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ފަރާތުން ހަދިޔާކުރައްވާ ޚާއްސަ '"އިފްތާރު ޕެކޭޖް'" އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ފަރާތުން ހަދިޔާކުރައްވާ ޚާއްސަ ''އިފްތާރު ޕެކޭޖް'' ހަވާލުކޮށްދެއްވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތްރެކް އަލްދޮސާރީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީ ރަސްގެފާނު ދެއްވާ މި ޚާއްސަ އިފްތާރު ޕެކޭޖުގެ ތެރެއިން މިއަހަރު ރާއްޖެއަށް ދެއްވާފައިވަނީ 200 ޕެކޭޖުކަމަށާއި މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށްކަމަށެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި އިސްލާމްދީން ކުރިއަރުވާ، ދީނީ ރޮނގުން މީހުން ބިނާކުރުމަށް ސައުދީ ސަރުކާރުން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ސައުދީ ރަސްގެފާނު ދެއްވާ ޚާއްސަ ''އިފްތާރު ޕެކޭޖް'' މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ހަވާލުކުރައްވައިފި.
— Ministry of Islamic Affairs (@MVIaffairs) April 6, 2022
މި އަހަރު ރާއްޖެއަށް ދެއްވާފައިވަނީ 200 ޕެކޭޖް.
މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށް.#MVIaffairs pic.twitter.com/95c8W4XDAw
އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީ ރަސްގެފާނު ދެއްވާ މި ޚާއްސަ އިފްތާރު ޕެކޭޖުގެ ތެރެއިން މިއަހަރު ރާއްޖެއަށް ދެއްވާފައިވަނީ 200 ޕެކޭޖުކަމަށާއި މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށްކަމަށެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ޤައުމެކެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި އިސްލާމްދީން ކުރިއަރުވާ، ދީނީ ރޮނގުން މީހުން ބިނާކުރުމަށް ސައުދީ ސަރުކާރުން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު