ހިޔާ ފްލެޓުން ކުލި ނެގުން ތިން މަހަށް ފަސްކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުން މާލީ ގޮތުން ރައްޔިތުންނަށް އަރައިނުގަނެވެނީސް ރޯދަ މަސް ފެށުމާއެކު ހިޔާ ފްލެޓުން ކުލި ދައްކަން ޖެހުމުން ގިނަ ބަޔަކަށް މާލީ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރަން އެޗްޑީސީން ނިންމުމަކީ އިތުރު ތަކުލީފުތަކެއް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން އުފުލަންޖެހޭ ކަމެއް ކަމަށްވެސް އެމައްސަލައިގައި ބުނެފައިވެެެއެެވެ.



"ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދޭން ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

ކުލި ނެގުން ފަސްކޮށްދިން މުއްދަތު މިދިޔަ މަހުގެ ނިިޔަލަށް މިހާރު ވަނީ ހަމަވެފައެވެ. ސަރުކާރުން މީގެ ކުރިން ވަނީ ހިޔާ ފުލެޓް ކުލި ދައްކަންޖެހޭ މުއްދަތު އެކި ފަހަރުމަތިން ފަސްކޮށްދީފައެވެ.

ސަރުކާރުން އެންމެ ފަހުން ދިން ތިން މަސް ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން މި މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަމުންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ. ހިޔާ ފްލެޓްގެ މަހު ކުލީގެ ގޮތުގައި މެއިންޓަނެންސް ފީއާއެކު 8،500ރ. ދައްކަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ކޮރަކަލި

09-Apr-2022

ރައިޔަތުންގެ މާލީއަތުން މުސާރައާއި އިނާޔަތްތައް ނަގައި އެލާރިގަޑު ކާލައިގެން ތިބެ ކުރާނެ މަސަށްކަތެއް ނޭނގިގެން އުޅޭ ބައެއް ހެންހީވަނީ