އެމްބިއުލާންސްގެ ބޭނުންވާ އިތުރު 20 ރަށަކަށް އެމްބިއުލާންސް މިއަދު ފޮނުވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެސްޓީއޯއާއި ހަވާލުކޮށްގެން ރާއްޖެ ގެނައި އެމްބިއުލާންސް ތަކުގެ ތެރެއިން 20 އެމްބިއުލަންސް ރަށްތަކަށް ފޮނުވާފައިވާ ކަަމަށެވެ. އެގޮތުން މިފަހަރު އެމްބިއުލާންސް ފޮނުވި ރަށްތަކަކީ ހދ. ފިނޭ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ، ށ. ފޭދޫ، ށ. ފީވައް، ރ. މާކުރަތު، ރ. އަނގޮޅިތީމު، ރ. އިންނަމާދޫ، ނ. ވެލިދޫ، ނ. މާޅެންދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ކ. ގާފަރު، އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނދޮޅުދޫ، ގދ. ނަޑެއްލާ، ޏ. ފުވައްމުލައް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެއިތުރުން މާލޭގައި ހުންނަ އިމަރޖެންސީ މެޑިކަލް ސަރވިސަސްއަށް އެމްބިއުލާންސް ފޯރުކޮށްދީފައިވާކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ އެމްބިއުލާންސްތައް ރާއްޖެއަށް ލިބުނީ މިދިޔަ މާރޗް މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މިއީ ހަތަރު ވަނަ ބެޗު ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސާލިޙު ވަނީ މާޗް ނިމޭ ހިސާބުގައި ބާކީ ހުރި ހުރިހާ އެމްބިއުލާންސްތައް ލިބި ރަށްތަކަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވެފައެވެ. ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން ބޭރުން 96 އެމްބިއުލާންސް ގެނައުމަށް ވަނީ ނިއްމާފައެވެ. އޭގެ ތެރެއިން ބައެއް އެމްބިއުލާންސް ރާއްޖެ ގެނެސް ގިނަ ރަށްތަކަކަށް މިހާރު ވަނީ އެމްބިއުލާންސް ފޮނުވާފައެވެ.

Ambulances allocated to the following islands are dispatched.
— Ministry of Health (@MoHmv) April 6, 2022
Hdh.Finey
Hdh.Kurunbee
Hdh.Neykurendhoo
Sh.Feydhoo
Sh.Feevah
R.Maakurathu
R.Angolhitheem
R.Innamaadhoo
N.Velidhoo
N.Maalhendhoo
K.Dhiffushi
K.Guraidhoo
K.Gaafaru
AA.Rasdhoo
Adh.Dhigurah
Th.Vilufushi
Ga.Kanduhulhudhoo pic.twitter.com/mRAseTmyhP
ހެލްތު މިނިސްޓްރީން ބުނީ އެ އެމްބިއުލާންސްތައް ރާއްޖެއަށް ލިބުނީ މިދިޔަ މާރޗް މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. މިއީ ހަތަރު ވަނަ ބެޗު ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސާލިޙު ވަނީ މާޗް ނިމޭ ހިސާބުގައި ބާކީ ހުރި ހުރިހާ އެމްބިއުލާންސްތައް ލިބި ރަށްތަކަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވެފައެވެ. ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން ބޭރުން 96 އެމްބިއުލާންސް ގެނައުމަށް ވަނީ ނިއްމާފައެވެ. އޭގެ ތެރެއިން ބައެއް އެމްބިއުލާންސް ރާއްޖެ ގެނެސް ގިނަ ރަށްތަކަކަށް މިހާރު ވަނީ އެމްބިއުލާންސް ފޮނުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު