ރަމަޟާންމަހާ ދިމާކޮށް ކުނި އުފައްދާ މިންވަރު އިތުރުވެފައިވާކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ.
އީޕީއޭއިންއިން ބުނީ މި ރަމަޟާން މަހު ކުނި އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރު ވެފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ކުންޏާއި، ކާނާގެ ބާވާތްތައް އުކާލާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ބުނެ އެވެ.
އެހެންކަމުން އީޕީއޭއިން ވަނީ ކޮންމެ ދުވަހަކުވެސް ކުނި އުފެއްދޭ މިންވަރު ބެލުމަށާއި، ކުނި އުފައްދާ މިންވަރު ކުޑަކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އަންގާފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ތަކެތި ބޭނުންނުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ސިންގަލް ޔޫސް ޕްލާސްޓިކުގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން، މިއަހަރުގެ ވަކި ތާރީޚުތަކަކުން ފެށިގެން ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު