ގައުމީ ތަރިކަ އެެއްގެ ގޮތުގައި ގަލޮޅު ބޯޅަދަނޑު އޮންނަންޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިހެން ވިދާޅުވީ، ގަަލޮޅު ބޯޅަދަނޑު ޕާކިން ޒޯން ނުވަތަ ފުޑްކޯޓް އެޅުމަށް ބޭނުންކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަމާއި މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރީކޯ މޫސަ ވިދާޅުވީ ގަލޮޅު ބޯޅަދަނޑަކީ ދިވެހިންގެ ލެޔާއި ގުޅިފައިވާ ތަނެއް ކަމަށެވެ. ގަލޮޅު ބޯޅަދަނޑު ނައްތާލާ ވާހަކަ ބަޔަކު ދަައްކާތީ ހިތްޕުޅަށް ތަދުވާ ކަމަށް މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގަލޮޅު ބޯޅަދަނޑު ރީތިކޮށް ހެދުމަށްފަހު އެތަން ޒަމާނަކަށް ދެމިގެންދާނެ ގޮތަކަށް އޮންނަންޖެހޭ ކަމަށެވެ. ގަލޮޅު ބޯޅަދަނޑަކީ އެތައް ކުޅުންތެރިންނެއް އުފެއްދި އެތައް ކާމިޔާބީއެއް ގައުމަށް ހޯދައިދިން ތަނެއްކަން މޫސަ ވަނީ ފާހަގަކުރައްވާފައެެވެ.
"ގަލޮޅު ދަނޑަކީ މާލޭ މީހަކު ކަންބޮޑުވެގެން، ޕާޓީއެއްގެ މީހަކު ރުޅިގަދަވެގެން ނައްތާލަންޖެހޭ ވަރަށްވުރެ ދިވެހިންގެ ލެޔާއި ގުޅިފައިވާ ތަނެއް. ގައުމީ ތަރިކައެއްގެ ގޮތުގައި ގަޅޮޅު ދަނޑު އޮންނަންޖެހޭ." ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓެގް ކުރައްވައި ކުރީގެ ހައްދުންމަތީ މެމްބަރުކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.
ގަލޮޅު ދަނޑު ބޮޑު މަރާމާތަކަށް ފަހު މިހާރު ފެންނަން ހުރި ސިޑިބަރިތަކާ އެކު ހުޅުވާފައިވަނީ 1980ގެ ފަހު ކޮޅުއެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި ބައިނަލްއަގުއާމީ އެތައް މުބާރާތެއް ގަލޮޅު ދަނޑުގައި ވަނީ ކުޅެފައެވެ.

އެތަށްކުޅުންތެރިންނެއް އުފެއްދި، އެތަށްކާމިޔާބެއް ޤައުމަށްހޯދާދިން ގަލޮޅުދަނޑަކީ މާލޭމީހަކު ކަންބޮޑުވެގެން،ޕާޓީއެއްގެމީހަކު ރުޅިގަދަވެގެން ނައްތާލަންޖެހޭވަރަށްވުރެ ދިވެހިންގެ ލެޔާގުޅިފައިވާތަނެއް ޤައުމީ ތަރިކައެއްގެގޮތުގާވެސް ގަލޮޅުބޯޅަދަނޑު އޮންނަންޖެހޭ@AhmedMahloof
— Moosa Maniku (Reeko) (@ReekoMoosa) April 6, 2022
އޭނާ ވިދާޅުވީ ގަލޮޅު ބޯޅަދަނޑު ރީތިކޮށް ހެދުމަށްފަހު އެތަން ޒަމާނަކަށް ދެމިގެންދާނެ ގޮތަކަށް އޮންނަންޖެހޭ ކަމަށެވެ. ގަލޮޅު ބޯޅަދަނޑަކީ އެތައް ކުޅުންތެރިންނެއް އުފެއްދި އެތައް ކާމިޔާބީއެއް ގައުމަށް ހޯދައިދިން ތަނެއްކަން މޫސަ ވަނީ ފާހަގަކުރައްވާފައެެވެ.
"ގަލޮޅު ދަނޑަކީ މާލޭ މީހަކު ކަންބޮޑުވެގެން، ޕާޓީއެއްގެ މީހަކު ރުޅިގަދަވެގެން ނައްތާލަންޖެހޭ ވަރަށްވުރެ ދިވެހިންގެ ލެޔާއި ގުޅިފައިވާ ތަނެއް. ގައުމީ ތަރިކައެއްގެ ގޮތުގައި ގަޅޮޅު ދަނޑު އޮންނަންޖެހޭ." ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓެގް ކުރައްވައި ކުރީގެ ހައްދުންމަތީ މެމްބަރުކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.
ގަލޮޅު ދަނޑު ބޮޑު މަރާމާތަކަށް ފަހު މިހާރު ފެންނަން ހުރި ސިޑިބަރިތަކާ އެކު ހުޅުވާފައިވަނީ 1980ގެ ފަހު ކޮޅުއެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި ބައިނަލްއަގުއާމީ އެތައް މުބާރާތެއް ގަލޮޅު ދަނޑުގައި ވަނީ ކުޅެފައެވެ.
ކިޔުންތެރިންގެ ހިޔާލު