ސިޔާސީ ޕާޓީއަކުން ވިޔަސް ދީނީ ދަރުސެއް ބާއްވާނަމަ އެކަމަށް މަރުހަބާ ކިޔަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް މިހެން ވިދާޅުވީ، ސަލްމާން މިސްކިތުގައި ދީނީ ދަރުސެއް ބޭއްވުމުގެ ހުއްދައަށް އެދި އިދިކޮޅު ޕީޕީއެމުން އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ދަނޑިވަޅެއްގައެވެ. އަދާލާތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ޓެގްކުރައްވައި ޑރ. އިޔާޒް ވިދާޅުވީ ދީނާ ސިޔާސަތަކީ ވަކިކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ނަމަވެސް ދީނީ ދަރުސެއް ބާއްވާނަމަ އެކަމަށް މަރުހަބާ ކިޔަންޖެހޭ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
މި ދަރުސް ބޭއްވުމަށް ޕީޕީއެމުން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު އެވެ. މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްއަޒީޒްގެ އެހީގައި މާލޭގައި ބިނާކުރި މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްލާމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު