ޖިނާއީ ތަހުގީގު ކުރާ ތަނަކަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ބައްޓަންވާންޖެހޭ ކަމަށް އެކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެންޓިކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އެކޮމިޝަން ވާންޖެހޭނީ އިދާރީ މަސައްކަތްކުރާ ބަޔަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޖިނާއީ ތަހުގީގު ހިންގާ ތަނަކަށް އޭސީސީ ބައްޓަންވާންޖެހޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.
"އިދާރީ މައްސަލަތަކުގެ ތެރޭގައި އޭސީސީގެވަގުތާއި މުވައްޒަފުންނާއި ތަނާއި އުޅުމަކީ އޭސީސީގެ މަސްއޫލިއްޔަތުން ތަންކޮޅެއް ދުރުގައި އުޅުމޭ އަޅުގަނޑަށް މާނަކުރެވެނީ. އޭސީސީގެ އަސްލު މަސްއޫލިއްޔަތާއި ދިމާލަށް އޭސީސީ ދާންޖެހެނީ އެހެންވީމަ. ގާނޫނުލް އުގޫބާތުގެ އެބުނާ ކުށްތަކުގެ ކަންކަން ބެލުމުގެ ގާބިލްކަން އޭސީސީއަށް ހޯދުމާއި އޭގެ ފަންނުވެރިކަމާއި އެކަންކަން ހޯދޭނެ ފަދަ ތަނަކަށް ވާންއެބަޖެހޭ. އަޅުގަނޑުމެންނަށް ވާނީ ބޮޑު ގޮންޖެހުމަކަށް މިމަގުން ކަންތައްތައް ނުގެންދެވިއްޖެއްޔާ." އޭސީސީގެ ރައީސް ކަމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޝާމިލް ވިދާޅުވިއެވެ.
މީގެ އިތުރުން ޝާމިލް ވިދާޅުވީ، އޭސީސީއަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން 90 އިންސައްތައަށްވުރެ މަތީގެ މައްސަލަ އަކީ ޕްރޮކިއުމަންޓާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. ޕްރޮކިއުމަންޓްގެ ތެރެއިން ހަދާ ކޮންމެ ގޯހަކީ އޭގެ ޒާތުގައި ކޮރަޕްޝަނެއް ނޫން ކަމަށް ޝާމިލް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ކަންކަން ބެލޭނެ ހަރުދަނާ ނިޒާމްތައް ގާއިމް ކުރަންޖެހޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.
ރައްޔިތުންގެ އެދޭ ގޮތަށް ބާރު ސްޕީޑްގައި ނަތީޖާ ނެރެދެވޭ ފަދަ ކޮމިޝަނަކަށް އޭސީސީ ހެދުމަަށް ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެކޮމިޝަންގެ މަސައްކަތްތައް އަވަސް ކުރުމަށް ބައެއް ގާނޫނުތައް ބޭނުންވާ ކަމަަށް ޝާމިލް ވިދާޅުވިއެވެ. އަދި އޭސީސީއަށް ތަމްރީނުގެ ފުރުސަތުތަކާއި ބައެއް ދާއިރާ ތަަކަށް މުވައްޒަފުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ބައިނަލްއަގުއާމީ ގުޅުންތަކުގެ ތެރެއިން އިތުރު އެހީވެސް، މި މަސަައްކަތުގައި މިހާތަނަށް ފަހި މަގުތަކެއް ފެންނަމުންދަނީ، ހެތްކާއި ބެހޭ ގާނޫނު ފުރިހަމަވާންޖެހޭ. ހެކި ދޭ ފަރާތްތަކުގެ ރައްކާތެރިކަމާއި މެދު އެބަޖެހޭ ބައެއް ކަންކަން ކުރެވެން. އެހެންވީމަ ގާނޫނީ ނިޒާމްގެ ތެރެއިން އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި އެބައި ހަމަޖެހިގެންދާނެ." ޝާމިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު