މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިބްރާހިމް ތޯހާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފިއެވެ.
އެމްއޭސީއެލުން ބުނީ ޑީއެމްޑީގެ މަގާމަށް ތޯހާ ހަމަޖައްސަން ނިންމާފައި ވަނީ ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކަމަށެވެ.
އެމްއޭސީއެލް ހިންގުން ވަގުތީގޮތުން ތޯހާއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެެ. އެއީ އެ ކުންފުނީގެ އޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. ގޯޑަން އެ މަގާމުތަކުން ވަކި ކުރީ ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެގޮތަށް ނިންމައި، އެންގުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު