ހއ. ދިއްދޫ ބަނދަރާއި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދަވައި ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

އެމަނިކުފާނު، މިކަމުގެ ޔަގީންކަން ދެއްވީ ދިއްދޫ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަަވަމުންނެެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާއި ހިއްސާކުރައްވާފަ އެވެ. އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށްގިރުމުގެ މައްސަލައާއި ޞިއްޙީ މަރުކަޒު ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާކަމާއި އަދި ސްކޫލާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރަށުގެ ޒުވާނުންނާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ކައުންސިލަރުން ވަނީ ރައީސާއި ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަައްމަދު ސާލިޙު ވިދާޅުވީ ކައުންސިލުން ބަނދަރާއި ގުޅޭގޮތުން ފާހަގަކުރި ކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގައި ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ޙައްލުގެނެވޭނެ ގޮތްތައް ނިންމަވާނެ ކަމަށެވެ. އަދި ކައުންސިލަރުން ފާހަގަކުރި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ. އަދި ވަކި ރަށެއް ތަފާތުކުރުމެއްނެތި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެއްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު


10

ރަނގަޅުގޮތް

09-Apr-2022

ހއ. ދިއްދޫ ބަނދަރާއި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދަވައި ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ. (އދ.ދިއްދޫ)


-6

އދ. ދިއްދޫ

09-Apr-2022

(ހއ. ދިއްދޫ ބަނދަރާއި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދަވައި ދޭނެ ކަމުގެ ) ކޮބާ ؟ ރަނގަޅު ގޮތަކީ.... ޒަހީން...(ޚިޔާލު☑ ) ޙިޔާލު ނުބައި.