ޗެކް ބޭނުންކުރުން މަދު ކުރުމަށްޓަކައި ފީ އެއް ނެގުމަށާއި އިތުރު ފިޔަވަޅު ތަކެއް އެޅުމަށް އެމްއެމްއޭއިން ނިއްމައިފިއެވެ.
ޗެކް ބޭނުންކުރުން މަދުކުރުމާ ގުޅޭ އެކްޝަން ޕްލޭން އެމްއެމްއޭއިން މިއަދު ވަނީ އިއުލާނުކޮށްފައެެވެ. އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭއިން ވަނީ ޗެކް ބޭނުންކުރުން މަދުކުރުމަށް އަންނަ އަހަރު ގިނަ ފިޔަވަޅު ތަކެއް އެޅުމަށް ނިއްމާފައިވާކަން ހާމަކޮށްފައެވެ.
އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓާ ހައްވާ ލަތީފު ވިދާޅުވީ، ޗެކް ބޭނުންކުރުން މަދު ކުރުމަށް ޗެކުން ފައިސާ ނެގޭ ވަރު 50،000ރ. އަށް، ޑޮލަރުން ނަމަ 3،000 ޑޮލަރަށް ލިމިޓް ކުރުމަށް ނިންމާފަައިވާ ކަމަށެވެ. އަދި ޗެކުން ފައިސާ ނަގާ ނަމަ އިތުރު ފީއެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޗެކް ކްލިއާ ކުރުމަށް ހޭދަވާ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި ދެހާސް ސައުވީސް ވަނަ އަހަރު ޗެކެއް ކްލިއާ ކުރާ މުއްދަތު 10 ދުވަހަށް އިތުރު ކުރާނެ ކަމަށް ހައްވަ ވިދާޅުވިއެވެ.
އެމްއެމްއޭއިން ބުނީ މި ބަދަލުތައް ގެނެސްފި ނަމަ ޗެކް ބޭނުން ކުރާ ވަރު ވަރަށް ބޮޑަށް މަދު ކުރެވި 2024 ވަނަ އަހަރު އަންނަން ވާއިރަށް ޗެކް ކްލިއާ ކުރުމަށް އެމްއެމްއޭގައި އެއް ދުވަސް ކަނޑަައެޅޭނެ ކަމަށެވެ. ޗެކް ބޭނުން ކުރުން މަދުކުރަނީ މާލީ މުއާމަލާތްތައް ހިންގުމުގައި ޗެކްގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ގިނަވާތީ، ފަސޭހަ ގޮތަކަށް މާލީ މުއާމަލާތްތައް ހިންގޭނެ ގޮތްތައް ފަހިކުރުމަށް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އާންމުކޮށް ޗެކުން މުއާމަލާތްތައް ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އާންމު ވިޔަފާރިވެރިންކަން ފާހަަގަކޮށްލެވެއެވެ.

MMA initiates Action Plan on Reducing the Usage of Cheques.
— MMA (@MMA_Maldives) April 7, 2022
Press release: https://t.co/jcTzPU0J8y#DigitalBadhalakah pic.twitter.com/fPmcoxCue4
އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓާ ހައްވާ ލަތީފު ވިދާޅުވީ، ޗެކް ބޭނުންކުރުން މަދު ކުރުމަށް ޗެކުން ފައިސާ ނެގޭ ވަރު 50،000ރ. އަށް، ޑޮލަރުން ނަމަ 3،000 ޑޮލަރަށް ލިމިޓް ކުރުމަށް ނިންމާފަައިވާ ކަމަށެވެ. އަދި ޗެކުން ފައިސާ ނަގާ ނަމަ އިތުރު ފީއެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޗެކް ކްލިއާ ކުރުމަށް ހޭދަވާ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި ދެހާސް ސައުވީސް ވަނަ އަހަރު ޗެކެއް ކްލިއާ ކުރާ މުއްދަތު 10 ދުވަހަށް އިތުރު ކުރާނެ ކަމަށް ހައްވަ ވިދާޅުވިއެވެ.
އެމްއެމްއޭއިން ބުނީ މި ބަދަލުތައް ގެނެސްފި ނަމަ ޗެކް ބޭނުން ކުރާ ވަރު ވަރަށް ބޮޑަށް މަދު ކުރެވި 2024 ވަނަ އަހަރު އަންނަން ވާއިރަށް ޗެކް ކްލިއާ ކުރުމަށް އެމްއެމްއޭގައި އެއް ދުވަސް ކަނޑަައެޅޭނެ ކަމަށެވެ. ޗެކް ބޭނުން ކުރުން މަދުކުރަނީ މާލީ މުއާމަލާތްތައް ހިންގުމުގައި ޗެކްގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ގިނަވާތީ، ފަސޭހަ ގޮތަކަށް މާލީ މުއާމަލާތްތައް ހިންގޭނެ ގޮތްތައް ފަހިކުރުމަށް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އާންމުކޮށް ޗެކުން މުއާމަލާތްތައް ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އާންމު ވިޔަފާރިވެރިންކަން ފާހަަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު