ނުރައްކާތެރި ކުށްވެރިންނަށް އަމާޒުކޮށްގެން 100 ޓެގު ރާއްޖެއަށް ގެނެސްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ 100 ޓެގު ރާއްޖެއަށް ގެނެސް، އަމުރު ނެރެ ޓެގު އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ޓެގް އަޅުވަންޖެހޭ 100 މީހުން ތިއްބަސް ފަހުން އެ އަދަދު އިތުރުކުރަން ވެއްޖެނަމަ ޓެގު ހޯދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރަން ނެރޭ އަމުރެކެވެ. އެ އަމުރާ ޚިލާފްވެއްޖެ ނަމަ އެއީ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.
ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ފައިގައި ޓެގު އަޅުވަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ހޯމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން މޮނިކޮން އަމުރު ނެރެ ޓެގު އަޅުވައިގެން މޮނިޓާކުރަން ޖެހޭ 100 ކުށްވެރިން ތިބިއިރު، ޓެގު ހޯދަން ހޯމް މިނިސްޓްރީން ބަޔަކާ ހަވާލުކުރީ މީގެ ހަތަރު މަސް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު