މިހާރު ހިނގަމުންދާ އޭޕްރީލްމަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ އެ އޮފީހުގެ އާއްމު ވައިބަރ ގުރޫޕުގައި ކޮންމެ ދުވަހަކު 11:00 އާއި 14:00 އަދި 17:00ގައި ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރަމުންދާނެކަމަށެވެ.
މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރުކަމަށް ތަފާސް ހިސާބުން ދައްކާކަމަށެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް މޫސުން ބަދަލުވާ ދުވަސްވަރުކަންވެސް މެޓް އޮފީހުން ފާހަގަކުރެއެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު ވައި މަޑުވެ، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ ހިފެހެއްޓިފައި ހުންނާތީ ވައިގެ ހަގީގީ ހޫނުމިނަށްވުރެ އިހުސާސްވާ ހޫނުމިން އެތައް ގުނައެއް އިތުރުވާނޭ ކަމަށެވެ. އަދި ދުވަހުގެ ހޫނުމިން އެންމެ ގަދަވެގެންދާނީ އާއްމުކޮށް މެންދުރުފަހު 14:00 ހާއިރު ކަމަށްވެސް މެޓް އޮފީހުން ބުނެއެެވެ.
މެޓް އޮފީހުން މިއަދު ވަނީ 1992 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ނަގާފައިވާ ފިނިހޫނުމިނުގެ ޑާޓާތަކެއްވެސް އާއްމުކޮށްފައެވެ. އެ މައުލޫމާތުތައް ދައްކާގޮތުން ކޮންމެ އަހަރެއްގެ އޭޕްރީލް މަސްތެރޭ ރާއްޖޭގެ ފިނިހޫނުމިން 29.7 ޑިގްރީ ސެލްސިއަސްއަށް އެވަރެޖްކޮށް މައްޗަށް އަރައެވެ.

MMS publicizes temperature across five stations every day at 1100, 1400 & 1700hrs on the MMS Viber group.
— Maldives Meteorology (@MetMaldives) April 7, 2022
Generally, the maximum temperature of the day occurs around 1400hrs.
Link to MMS Viber group: Viber group link: https://t.co/jVN4MpSkU2 pic.twitter.com/3zxnQYZYxL
މެޓް އޮފީހުން ބުނީ މި ދުވަސްވަރު ވައި މަޑުވެ، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ ހިފެހެއްޓިފައި ހުންނާތީ ވައިގެ ހަގީގީ ހޫނުމިނަށްވުރެ އިހުސާސްވާ ހޫނުމިން އެތައް ގުނައެއް އިތުރުވާނޭ ކަމަށެވެ. އަދި ދުވަހުގެ ހޫނުމިން އެންމެ ގަދަވެގެންދާނީ އާއްމުކޮށް މެންދުރުފަހު 14:00 ހާއިރު ކަމަށްވެސް މެޓް އޮފީހުން ބުނެއެެވެ.
މެޓް އޮފީހުން މިއަދު ވަނީ 1992 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ނަގާފައިވާ ފިނިހޫނުމިނުގެ ޑާޓާތަކެއްވެސް އާއްމުކޮށްފައެވެ. އެ މައުލޫމާތުތައް ދައްކާގޮތުން ކޮންމެ އަހަރެއްގެ އޭޕްރީލް މަސްތެރޭ ރާއްޖޭގެ ފިނިހޫނުމިން 29.7 ޑިގްރީ ސެލްސިއަސްއަށް އެވަރެޖްކޮށް މައްޗަށް އަރައެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު