އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން ހުކުމުން ސަލާމަތްވި މީހުންގެ މައްސަލަ ހައިކޯޓުގައި ކުރިއަށް އޮތް 10 ދުވަސްތެރޭގައި އިސްތިއުނާފްކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސ. ފޭދޫ ޗަނބޭލީގޭ އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުގެރޭ 2:46 ގައި އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާ ދީގެންނެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދަޢުލަތުން 6 މީހެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އެ ހަމީހުންނަށްވެސް މަރުގެ އަދަބު ދިނުމަށް ދަޢުލަތުން ވަނީ އެދިފައެވެ.
ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ މ. ތާއިފް އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
ޔާމީން ރަޝީދުގެ ހަށިގަނޑުގެ 34 ތަނަކަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްޗަށް ދައުވާ ކުރީ ގޯސްކޮށް ކަމަށް މިއަދު ވަނީ ނިންމާފައެވެ.
ޕީޖީ އޮފީހުން ބުނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުކަމަށެވެ. އެއާއެކު ރިޕޯޓް ދިރާސާ ކުރުމަށް ފަހު އިސްތިއުނާފް ކުރުމަށް ނިންމާފައިވާކަމަށާއި މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން މައްސަލަ އިސްތިއުނާފް ކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު