އައްޑޫގެ ބިން ހިއްކުން ހުއްޓުވުމުގެ އަޑީގައި ތިބި މީހުން އެކަމުގެ ހިތި ނަތީޖާއާއި ކުރިމަތިލާންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ، އައްޑޫ ބިން ހިއްކުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީއާއި އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލައިދޭން އެދި ހަ ޖަމިއްޔާއަކުން މައްސަލަ އެއް ހުށައެޅުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން "ރަސްއޮންލައިން" އިން ޝާއިއު ކުރި ޚަބަރެއް ހިއްސާކުރައްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އައްޑޫ ބިން ހިއްކުން ހުއްޓުވަން ކުރާ މަސައްކަތްތަކަކީ އައްޑޫގެ 99 އިންސައްތަ ރައްޔިތުން ދެކޮޅު ހަދާ ކަމެއް ކަމަށެވެ. އަދި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވުމުގެ އަޑީގައިވާ މީހުންނަށް އެކަމުގެ ހިތި ނަތީޖާއާއި ކުރިމަތިލާންޖެހޭނެ ކަމަށް ނިހާދު ވިދާޅުވިއެވެެ.
"އައްޑޫގެ ތަރައްގީއަށް ހުރަސް އަޅާ ކޮންމެ މީހަކަށް ނަފުރަތުކުރަން. އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލަން." ނިހާދު ވިދާޅުވިއެެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން އެ ހަ ޖަމިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި އައްޑޫގެ ބިން ހިއްކައިފިނަމަ ލިބިދާނެ ގެއްލުންތަކާއި މި މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ގެއްލުން ބޮޑު މަޝްރޫއު ހުއްޓުވައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަައިދޭން ޖަމިއްޔާތަކުން ވަނީ އެދިފައެވެ.
ސަރުކާރުން މީގެ ކުރިން ބުނީ ބިން ހިއްކާނީ ވީހާ ވެސް ބޮޑަށް ގެއްލުން ކުޑަވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ. މި މަޝްރޫއުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އޮތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފަ އެވެ. އައްޑޫގެ ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ވެން އޫޑްއާއެވެ. މިމަޝްރޫއުގެ ދަށުން އައްޑޫސިޓީން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ސަރުކާރުން ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

#AdduCity ge Bin hikkun huttuvan kuraa masakkathakee Addu ge 99% rayyithunnaai dhekolhah kuraa kameh! Mikamuge adeegai vaa meehun meege hithi natheejaa aai kurimathi laan jeheyne!
— Feydhoo Meehaa (Mohamed Nihad) (@nihad_m) April 7, 2022
Addu ge tharaggee ah huras alhaa konme meehakah nafarathu kuran! Efadha amalu huttaalumah govaalan! https://t.co/3BRzFqkqGP
"އައްޑޫގެ ތަރައްގީއަށް ހުރަސް އަޅާ ކޮންމެ މީހަކަށް ނަފުރަތުކުރަން. އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލަން." ނިހާދު ވިދާޅުވިއެެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން އެ ހަ ޖަމިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި އައްޑޫގެ ބިން ހިއްކައިފިނަމަ ލިބިދާނެ ގެއްލުންތަކާއި މި މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ ގެއްލުން ބޮޑު މަޝްރޫއު ހުއްޓުވައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަައިދޭން ޖަމިއްޔާތަކުން ވަނީ އެދިފައެވެ.
ސަރުކާރުން މީގެ ކުރިން ބުނީ ބިން ހިއްކާނީ ވީހާ ވެސް ބޮޑަށް ގެއްލުން ކުޑަވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ. މި މަޝްރޫއުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އޮތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފަ އެވެ. އައްޑޫގެ ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ވެން އޫޑްއާއެވެ. މިމަޝްރޫއުގެ ދަށުން އައްޑޫސިޓީން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ސަރުކާރުން ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު