ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް 4500 އަށް ވުރެ ގިނަ އާއިލާ ބަދަލުވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ހިޔާ ފުލެޓްތަކަށް 4500 އަށް ވުރެ ގިނަ އާއިލާތައް މިހާތަނަށް ބަދަލުވެފައިވާ ކަމަށާއި، އެއީ ނިސްބަތުން ބޮޑު ޕަސެންޓެއް ކަމަށެވެ. އަދި ހިޔާ ފުލެޓަށް ބަދަލުވާ 6300 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، ހިޔާ ފުލެޓްގައި މިހާރު 20000 މީހުން ދިރިއުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސުހައިލް ވިދާޅުވިއެވެެ. ސުހައިލް ވިދާޅުވީ ހިޔާ ފުލެޓްތަކުން ކުލި ނަގަން ނިންމީ އެކަށީގެންވާ އަދަދަކަށް މީހުންވެސް ހިޔާ ފުލެޓަށް ބަދަލުވުމުން ކަމަށެވެ. އޭނާ ވިދާޅުވީ ހިޔާ ފުލެޓަށް ބަދަލުވާ މީހުންގެ މައުލޫމާތު ސާފު ކުރުމަށް ސާވޭ އެއް ކުރަމުންދާ ކަމަށާއި، އެ ސާވޭގައި ބަލަނީ ފުލެޓްތަކަށް މީހުން ބަދަލުވާ އަދަދުތަކަށް އެކަނި ނޫން ކަމަށެވެ.

"ހިޔާ ފުލެޓަށް ބަދަލުވި ފަރާތްތަކުގެ ހުރި ޝަކުވާއާއި މިކަހަލަ ހުރިހާ ކަމެއް ވެސް މި ސާވޭގައި ބަލާނެ، އެ ޑޭޓާތައް އަޅުުގަނޑުމެންނަށް ލިބިފައި ހުރީ ކޮމްޕައިލް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ސުހައިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


3

16 ޓަވަރު

09-Apr-2022

ބޯ ނުގުނާ ހަމަ ހުރެފަ 4500 މީހުންނޭ ބުނީމަ ޞައްޙައެއް ނޫން މިހާރު 15000 މީހުން އެބައުޅޭ ޓަވަރު ތަކުގަ


5

ާަރައްޔިތުމީހާ

09-Apr-2022

ގިނަމީހުން ބަދަލުވީ ލާރިހުރެގެންނެއްނޫން ދަރަނިވެރިވެގެން


-3

ާަރައްޔިތުމީހާ

09-Apr-2022

ގިނަމީހުން ބަދަލުވީ ލާރިހުރެގެންނެއްނޫން ދަރަނިވެރިވެގެން