"ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443" ގެ ށ. އަތޮޅާއި ނ. އަތޮޅުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
މި މުބާރާތަކީ ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާންމަހުގައި ބާއްވާ ޤުރުއާން މުބާރާތެކެވެ. މިއީ މި ގޮތަށް ބޭއްވޭ 5 ވަަނަ މުބާރާތެވެ. ފެނަކައިން ވަނީ މީގެ ކާމިޔާބު މުބާރާތްތަކެއް 2019 ވަނަ އަހަރުވެސް ރާއްޖޭގެ 4 ސަރަހެއްދެއްގައި ބާއްވާފައެވެ.
ކޮވިޑު 19 އަށްފަހު އަލުން މިއަހަރު މުބާރާތް ފަށާފައިވާއިރު ކުރިން އަހަރުތަކާއި ހިލާފަށް މިއަހަރު މުބާރާތުގެ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފައިކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ މިއީ މިއަހަރުގެ ފުރަތަމަ މުބާރާތްކަމަށާއި ދެން ޒޯން 2 ގެ މުބާރާތް އޮންނާނީ އޭޕްރީލް 15-16 ގައި ކަމަށެވެ. އަދި މި ރަމަޟާންމަހުގެ 4 ހަފްތާ ބަންދުގައި ވެސް މުބާރާތުގެ ކިޔެވުން އޮންނާނެކަމަށް ފެނަކައިން ބުނެއެވެ.
ހަތަރު ޒޯނަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ޒޯން 1 ގެ މުބާރާތް ބާއްވަނީ ށ. މިލަންދޫގައެވެ. ޒޯން 2 ގެ މުބާރާތް އޮންނާނީ ގއ. ވިލިނގިލިގައެވެ. ޒޯން 3 މުބާރާތް ސ. ހިތަދޫގައި ބާއްވަން ނިންމާފައިވާއިރު ޒޯން 4 ގެ މުބާރާތް އޮންނާނީ މާލޭގައެވެ. ޒޯން 4 ޚާއްޞަ ކޮށްފައިވަނީ ކ، ހުރާ އަދި ފެނަކަ ހެޑް އޮފީސް މުވައްޒަފުންނަށެވެ.
ފެނަކައިން ބުނީ ށ. އަދި ނ. އަތޮޅުގެ ފެނަކަ އާއިލާތަކަށް އަމާޒުކޮށް ބާއްވާ މުބާރާތުގައި 193 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ. މުބާރާތް އިންސާފުވެރި ކޮށްދެއްވައި ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ 3 ލެކްޗަރާއިންކަމަށްވެސް ފެނަކައިން ބުނެއެވެ.
މި މުބާރާތުގެ އިނާމުގެ ގޮތުގައި މުބާރާތުން 1 ވަނަ އަށް 15000 ރުފިޔާ، ތައްޓާއި ހަނދާނީ ލިޔުން، މުބާރާތުން 2 ވަނަ އަށް 15000 ރުފިޔާ، ތައްޓާއި ހަނދާނީ ލިޔުން
އަދި މުބާރާތުން 3 ވަނަ އަށް 5000 ރުފިޔާ، ތައްޓާއި ހަނދާނީ ލިޔުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުންވެސް ކޮންމެ އުމުރުފުރާއަކުން 1ވަނަ 2ވަނަ 3 ވަނަ ހޮވައި ތައްޓާއި ހަނދާނީ ލިޔުންދޭނެއެވެ.
ފެނަކައިން ބުނީ މި މުބާރާތް ބާއްވާ މައިގަނޑު މަޤްސަދަކީ ފެނަކަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ ޢާލާކޮށް ފެތުރުމުގެ މަސައްކަތް ކުރުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު