މާފުށީ ޖަލުގައި ތިބޭ ގައިދީންނާއި އޮފިސަރުންނަށް ޚާއްޞަކޮށްގެން 2 ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވީ، ޖަލުތައް ބަލަހައްޓާ އޮފިސަރުންނާއި ޤައިދީންނަކީ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް އެހީތެރިވެދިނުމުގެ ގޮތުން މާފުށީ ޖަލުގައި 2 ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.
ހްޚްލޫފް ވިދާޅުވީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އެދުމުގެ މަތިން ގައިދީން އަދި އޮފިސަރުންނަށް 2 ފުޓްސަލް ދަނޑު ތަރައްގީކޮށްދިނުމަށް އެއިދާރާއާ ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖަލުތައް މަރާމާތުކުރުމާއި ގައިދީންނަށް ފޯރުކޮށްދޭންޖެހޭ ބޭސް ފަރުވާގެ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަށްވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަޖެހޭކަމަށް @MoYSCEmv އިން ދެކޭތީ އަދި @CorrectionsMv ގެ އެދުމުގެ މަތިން، ގައިދީން އަދި އޮފިސަރުންނަށް 2 ފުޓްސަލް ދަނޑު ތަރައްގީކޮށްދިނުމަށް އެއިދާރާއާއި ވަނީ ހަވާލުކުރެވިފަ. pic.twitter.com/MCedbNczAY
— Ahmed Mahloof (@AhmedMahloof) April 7, 2022
ހްޚްލޫފް ވިދާޅުވީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންވެސް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އެދުމުގެ މަތިން ގައިދީން އަދި އޮފިސަރުންނަށް 2 ފުޓްސަލް ދަނޑު ތަރައްގީކޮށްދިނުމަށް އެއިދާރާއާ ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖަލުތައް މަރާމާތުކުރުމާއި ގައިދީންނަށް ފޯރުކޮށްދޭންޖެހޭ ބޭސް ފަރުވާގެ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު